އޮބިޗުއަރީ

ދެކުނުގެ މަޝްހޫރު ބޭސްވެރިޔާ އަވަހާރަ ވެއްޖެ

Aug 20, 2021
1

ރާއްޖޭގެ މަޝްހޫރު ބޭސްވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދުގެ ބައްޕާފުޅު، މުހައަމަދު އިބްރާހިމް އަވަހާރަވެއްޖެ އެވެ.

ރާއްޖޭގައި ހާއްސަކޮށް ދެކުނުގެ އަތޮޅުތަކުގައި ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯއްދަވާފައިވާ ބޭސްވެރިޔާ، ފުވައްމުލަކު ސިޓީގެ މާލެގަމު އަަވަށު މުހައްމަދު އިބްރާހިމް (މުހައްމަދުއޭބެ) އަވަހާރަވީ ކުއްލި ގޮތަކަށް މިއަދު ހެނދުނު 10:00 ޖެހި އިރު ރަށުގައި އޭނާގެ ގޭގަ އެވެ.

މުހައަމަދުއޭބެ އަވަހާރަވި އިރު އުމުރުފުޅަކީ 83 އަހަރެވެ. އަވަހާރަވި އިރު މެންބަރު ހުސައިން އާއެކު އަށް ބޭފުޅުން އޭނާގެ ތިއްބަވަ އެވެ. އަދި އަނބިކަނބަލުން ދުނިޔޭގައި އެބަ އިންނެވި އެވެ. އަބަހާރަވީ އެއްވެސް އާލާސްކަންފުޅެއްގައި އުޅުއްވަފައެއް ނޫނެވެ.

މުހައްމަދުއޭބޭ އަކީ އެެތެރެހަށީގެ ބަލިތަކާއި ހާއްސަކޮށް ރުއްގަލު ބޭހުގައި ރާއްޖޭގައި އުފެދުނު އެންމެ އިތުބާރު ބޮޑު އެއް ބޭސްވެރިޔާ އެވެ. އެނާގެ މަޝްހޫރު ވެވަޑައިގެންފައި ވަނީ "ދެކުނު ދަކުޑަޓަރު" ގެ ގޮތުގަ އެވެ.

މެންބަރު ހުސައިންގެ ބައްޕާފުޅު، މުހައްމަދުއޭބޭގެ މައްޗަށް ކަށުނަމާދު ކުރުމާއި ޖަނާޒާ މިއަދު މަޣުރިބު ނަމާދަށްފަހު އެ ރަށު ހުކުރު މިސްކިތުގައި ބާއްވާނެ އެވެ.