ފުވައްމުލަކު ފުނާޑު އަވަށު ކައުންސިިލްގެ ކުރީގެ ރައީސް އަލީ ވަސީމް ހުސައިން ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.
އޭނާ ނިޔާވީ ފުވައްމުލަކުގައި މިއަދު މެންދުރު އާއިލާގެ ބޭފުޅުންނާ އެކު ފަރިއްކުޅުއްވަން އިންނަވަނިކޮށް ހާޓް އެޓޭކެއް ޖެހިގެންނެވެ.
ކުޑައިރުކޮޅެއްގެ ތެރޭގައި ފުވައްމުލަކު ހޮސްޕިޓަލަށް ވަސީމު ގެންދެވުނު ނަމަވެސް އޭރުވެސް ނިޔާވެފައިވާ ކަަމަށް ބައެއް މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވެ އެވެ.
ހިތުގެ މައްސަލައެއް އުޅޭތީ ވަސީމު މީގެ ކުރިން ވަނީ އެންޖިއޯޕްލާސްޓީ ވެސް ހައްދަވާފަ އެވެ.
ވަސީމް ވަނީ ދެ ދައުރަކު ފުވައްމުލަކުގެ ކައުންސިލަރު ކަމަށް އިންތިހާބުވެފަ އެވެ.
އޭނާ އެންމެ ފަހުން މަސައްކަތް ކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާގައި ރިސޯޓެއްގަ އެވެ.