މިހާތަނަށް ދަރިވަރުންނަށް ހާޑްކޮޕީ ލިބިފައިނުވާ ފޮތްތައް އެޑިއުކޭޝަން މިނިސްޓްރީއަށް ލިބިއްޖެ އެވެ.
މިދިޔަ މަހުގެ 10 ވަނަ ދުވަހު ތައުލީމީ އައު އަހަރު ފެށިއިރު ބައެއް ގުރޭޑްތަކުގެ ދަރިވަރުންނަށް ދިވެހި އަދި އިސްލާމް ފޮތް ނުލިބިއެވެ. އަދި ގުރުއާން މާއްދާ ނުލިބޭ ދަރިވަރުންވެސް ތިއްބެވެ. މިދިޔަ ދިހަ ދުވަހު ކުދިންނަށް އެ ދެ މާއްދާ ކިޔަވައިދީފައިވަނީ ސޮފްޓްކޮފީ ބޭނުންކޮށްގެންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ މިހާތަނަށް ދަރިވަރުންނަށް ހާޑްކޮޕީ ލިބިފައިނުވާ ފޮތްތައް މިހާރު ވަނީ މިނިސްޓްރީއަށް ލިބިފައި ކަމަށެވެ. އަދި މި ފޮތްތައް ސްކޫލްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
ދިރާސީ އައު އަހަރު ފެށުމުގެ ކުރީން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އައު އަހަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަަމަށެވެ.
ނަމަވެސް އަހަރު ފެށީ ބައެއް ސުކޫލުތަކަށް ޓީޗަރުންވެސް ހަމަނުކޮށެވެ. އަދި މަދު ސުކޫލެއްގައި ނޫނީ މަރާމާތުގެ އެއްވެސް ކަމެއް ނުކުރެވެއެވެ.