މުންޑޫ

މުންޑޫގެ ވީރާނާ ސަރަހައްދުތައް ސާފުކޮށް ދެނީ

ލ. މުންޑޫއިން: މުހައްމަދު އައުޒަމް
Aug 21, 2021
ސުނާމީގައި މުންޑޫގައި ހަލާކުވެފައިވާ ސަރަހައްދެއް ސާފުކުރުމުގެ މަސައްކަތް ކުރަނީ
0%
0%
0%

ދެހާސް ހަތަރުވަަނަ އަހަރުގެ ސުނާމީގައި ލ. މުންޑޫން ވަރަށް ބޮޑަށް ހަލާކުވެ ވީރާނާ ވެފައިވާ ސަރަހައްދުތައް ސާފުކޮށް ނިންމަން އެމްޓީސީސީން އަމާޒު ހިފައިފި އެވެ.

އެމްޓީސީސީގެ މެނޭޖިން ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މުންޑޫން ހަލާކުވި ތަންތަން ސާފު ކުރާނީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށެވެ.

މުންޑޫގައި ހަލާކުވެ ވީރާނާ ވެފައިވާ ސަރަަހައްދުތައް ސާފު ކުރުމުގެ މަސައްކަތް މީގެ ކުރިން ވެސް ކުރިއެވެ. ނަމަވެސް އެކަށީގެންވާ ގޮތަށް ކުރިއަކަށް ގެންދެވިފައެއް ނުވެއެވެ. އެހެންވެ އިއްޔެ އާޒިމް ވަނީ މުންޑޫގައި ހުރި އެފަދަ ތަންތަން ބައްލަވާފަ އެވެ.
"މި މަސައްކަތް ކުރެވިގެންދާއިރު މިތާ ހުރި ގާތަކާ އެއްޗެތި ނެގި އަދި ރަށުގެ ހުއްދަ ދެވިފައިވާ ހިސާބުން ވެލިތައް ނަގައިދީ މަގުތަކުގައި އަޑިގުޑަން ފިލުވައިދޭނެ. ގާތް ގަނޑަަކަށް 15 ވަރަކަށް ސަރަހައްދު އެބައޮތް މިގޮތަށް ވަރަށް ބޮޑަށް ހަލާކުވެފައި،"

އޭނާ ވިދާޅުވީ ހަލާކުވެ ވީރާނާވެފައިވާ ސަރަހައްދުތައް ސާފުކޮށް ނިންމާނެ ކަމަށެެވެ.

ސުނާމީގައި މުންޑޫގައި ހަލާކުވެފައިވާ ސަރަހައްދެއް

ސުނާމީގެ ކާރިސާއަށް ފަހު މުންޑޫގައި ދިރިއުޅު އާބާދީގެ ބޮޑުބައި އެ އަތޮޅު ގަމަށް ބަދަލުވި އެވެ. އެ އާއިލާތައް ދިރުއުޅުނު އިމާރާތްތަކާއި ހަލާކުވެފައިވާ ތަންތަން އަދިވެސް މުންޑޫގައި އެބަހުއްޓެވެ. އެހެންކަމުން އަލުން މުންޑޫގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލާއިރު ހަލާކުވެފައިވާ ސަރަހައްދުތައް ސާފުކުރަން މުންޑޫން ސަރުކާރުގައި އޮތީ އެދިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910