ހިރިލަންދޫ

ހިރިލަންދޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

ހިރިލަންދޫ ބިން ހިއްކާފައި -- ފޮޓޯ: އެމްޓީސީސީ
0%
0%
0%

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފަށައިދިން ތ. ހިރިލަންދޫ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި އެވެ.

އާބާދީގައި 1،200 މީހުން ހިމެނޭ ހިރިލަންދޫގެ ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ފަހުކޮޅު އެވެ.

މިމަސައްކަތް އަމަލީގޮތުން ފެށީ ރައީސް ސޯލިހްގެ ވެރިކަމުގައި މެއި 22، 2022 ގައެވެ. ނަމަވެސް ޑްރެޖަރަށް ދިމާވި މައްސަލައަކާ ގުޅިގެން ދުވަސްތަކަކަށް ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފައިވެސް އޮތެވެ.

ހިރިލަންދޫ ހިއްކުމުގެ ކުރިން އެ ރަށުގެ ބިމުގެ ބޮޑުމިނަކީ 29 ހެކްޓަރެވެ. ބިން ހިއްކާ ނިމުމުން ހިރިލަންދޫއަށް 25 ހެކްޓަރުގެ ބިން އިތުރުކުރެވި ރަށުގެ ބިމުގެ ބޮޑުމިން 54 ހެކްޓަރަށް ވަނީ އިތުރުކުރެވިފަ އެވެ.

މި މަޝްރޫޢުގެ ދަށުން ހިއްކާ ސަރަހައްދު ހިމާޔަތްކުރުމަށް 1200 މީޓަރުގެ ތޮއްޓެއް ލުމަށާއި ހިއްކާފައިވާ ސަރަހައްދުގެ އެންމެ ކޮޅުގައި ބީޗެއް ހެދުމަށް ނިންމާފައިވެ އެވެ.

ހިރިލަންދޫ ބިން ހިއްކުމުގެ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 150 މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910