ދުނިޔެ

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް ހެކްކޮށްފި

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓް ހެކްކޮށްފި އެވެ. އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ބުނީ ހެކަރުން ވަރަށް ފުނަށް ވަދެފައިވާ ކަމަށާއި ދީފައި ހުރި ގެއްލުންތައް ސިރިއަސް ކަމަށެވެ.

ފޮކްސް ނިއުސް އިން ބުނީ ސްޓޭޓް ޑިޕާޓްމަންޓް ހެކޮށް ކޮށްފައި ވަނީ ދެތިން ހަފުތާ ކުރިން ކަމަށާއި އާންމުންގެ މެދުގައި ވާހަކަތައް ފެތުރިދާނެ ގޮތަކަށް ބަލައި ހަބަރު ލަސް ކުރީ ކަމަށެވެ.

ސެޓޭޭޓް ޑިޕާޓްމަންޓް ހެކް ކުރުމަކުން އެ އިދާރާއިން ކުރަން ހުރި ކަމަކަށް ބުރޫ ނާރާނެ ކަމަށްވެ އެވެ. އަދި އަފްޣާނިސްތާނާ ގުޅުން ހުރި އެއްވެސް މައުލޫމާތެއް ލީކުވެ ހުއްޓުން އަރާފައި ނުވާ ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ.

އެމެރިކާގެ ޑިފެންސް ސައިބާ ކޮމާންޑުން ބަލަނީ ހެކްކޮށްފައި ވަނީ އެމެރިކާއިން އަފްޣާންގައި ހިންގާ އޮޕަރޭޝަނާ ގުޅުން ހުރި މައުލޫމާތު ހޯދަން ކަމަށެވެ. އަފްޣާންގައި އެމެރިކާ ސިފައިން 20 އަހަރު ވަންދެން ތިބި ތިބުމުގައި ވިޔަފާރިވެރިންނަށާއި އަމިއްލަ ފަރުދުންނަށް މާލީ ތަނަވަސްކަން އެމެރިކާ ސަރުކާރުން ހޯދައިދީފައިވާ ކަމަށް ބުނެވޭ މައްސަލަތަށް ވެސް ހުރީ ފެނުން މައްޗަށް އަރާފަ އެވެ.

ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން ވިދާޅުވި ގޮތުން ހެކްކޮށްފައި ހުރި މިންވަރު އާންމުކުރުމަކީ މަނާކަމެކެވެ. އޭނާ ވިދާޅުވީ ފޮކްސް ނިއުސް އިން ގެނެސްދިން ޚަބަރަކީ ތެދު ޚަބަރެއް ނަމަވެސް އެ ވާހަކަތައް އިތުރަށް ކިޔައިދިނުމެއް ނޯވެ އެވެ.

އެމެރިކާ އަށް ފާޑުކިޔައި މަލާމާތްކުރެވޭ ކޮންމެ ފަހަރެއްގައިހެން މިކަހަލަ ހާދިސާއެއް އުފެއްދުމަކީ އެ މީހުން ކުރާ ކަމެކެވެ. އަފްޣާންގައި 20 އަހަރު ހޭދަކޮށް މިއަދު އެމެރިކާ އިން އެކުރާ ކަންތައްތަކަށް މާލާމާތް ރައްދުވެފައި އޮތް ދަނޑިވަޅެއްގައި ސްޓޭޑް ޑިޕާޓްމަންޓް ހެކްކުރުމުން މިއީ މަޝްރަހު އަނބުރާލަން ކުރާ ކަމެއް ކަމަށް ވެސް ބުނެވެ އެވެ.