އައްޑޫ ސިޓީ

ޓޫރިޒަމް ދުވަސް އައްޑޫގައި ފާހަގަ ކުރަނީ

Aug 22, 2021
7

މި އަހަރު ދުނޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރަން، އައްޑޫ ސިޓީގައި ގިނަ ހަރަކާތް ތަކެއް ހިންގަން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސީނިޔަ ޕޮލިސީ ޑިރެކްޓަރު އިބްރާހިމް ފަރުހާދު ވިދާޅުވީ ދުނިޔޭގެ ޓޫރިޒަމް ދުވަސް ކަމަށްވާ 27 ސެޕްޓެމްބަރު ފާހަގަ ކުރަން މި އަހަރުވެސް ގިނަ ހަރަކާތްތަކެއް ހިންގަން ނިންމާފައިވާ ކަމަށެވެ. އަދި މި އަހަރުގެ ހަރަކާތްތައް ހިންގާނީ އައްޑޫ ސިޓީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އަހަރު ވެސް ހަރަކާތްތައް އޮންނާނެ. ނަމަވެސް ބަޖެޓުގައި ހުރި ތާށިތަކާއެކު އެކި ފަރާތްތަކާ ގުޅިގެން ހަރަކާތްތައް ކުރިއަށް ގެންދާނީ. މި ބަލަނީ އައްޑޫގެ ކޮންމެ ރަށެއްގައި ވެސް އިންވެންޓެއް ބާއްވަން،" ފަރުހާދު ވިދާޅުވި އެވެ.

އައްޑޫގައި ބާއްވާ ހަރަކާތްތައް

  • 27 ސެޕްޓެމްބަރު: މެރަތަންއެއް
  • 28 ސެެޕްޓެމްބަރު: ފޮޓޯ ކޮމްޕެޓިޝަން
  • 28 ސެޕްޓެމްބަރު: އައިލެންޑް ކްރޮސިން (ފަލިޖެހުން)
  • 29 ސެޕްޓެމްބަރު: ބީޗު ސާފު ކުރުން
  • 30 ސެޕްޓެމްބަރު: މޫދު ކުޅިވަރުގެ ކާނިވަލް
  • 1، އޮކްޓޫބަރު: ފޮބް ފެއާ
  • 2 އޮކްޓޫބަރު: ކުޑަކުދިންގެ ފެސްޓިވަލް
  • 3 އޮކްޓޫބަރު: ސަގާފީ ހަރަކާތްތަކެއް
  • 3 އޮކްޓޫބަރު: ޓޫރިސްޓު މެޕިން (ޓޫރިސްޓުން އެޓްރެކްޓް ކުރުމުގެ ހަރަކާތެއް)

ދުނިޔޭގެ ޓޫރިޒަމް ދުވަސް މި އަހަރު ފާހަގަ ކުރަން ތައްޔާރުވާއިރު މިދިޔަ އަހަރު ކޮވިޑް-19 ގެ ސަބަބުން މި ދުވަސް ފާހަގައެއް ނުކުރެ އެވެ. ނަމަވެސް 2019 ވަނަ އަހަރު ވ. އަތޮޅުގައި ދުނިޔޭގެ ޓޫރިޒަމް ދުވަހާ ދިމާކޮށް ގިނަ ހަރަކާތް ތަކެއް ހިންގި އެވެ. މީގެ އިތުރުން އެންމެ ގިނަ މީހުން ފީނުމުން ދުނިޔޭގެ ރެކޯޑު ވެސް މިދިޔަ އަހަރު ރާއްޖޭން ހެދި އެވެ.