ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ޖަޕާނުން ރާއްޖެއަށް ކޮވިޑް ވެކްސިން ހަދިޔާ ކޮށްފި

ކޮވެކްސް ފެސިލިޓީ އާއި ޔުނިސެފް މެދުވެރިކޮށް ޖަޕާނުން ރާއްޖެއަށް ކޮވިޑް ވެކްސިން ހަދިޔާ ކޮށްފި އެވެ.

ވެކްސިން ހަދިޔާ ކުރަން މިއަދު ބޭއްވި ހަފްލާއެއްގައި ހެލްތު މިނިސްޓާ އަހުމަދު ނަސީމް ވިދާޅުވީ ޖަޕާނުން ހަދިޔާ ކުރީ 112،000 ވެކްސިން ޑޯޒް ކަމަށާއި ހަދިޔާ ކޮށްފައި ވަނީ އެސްޓްރާޒެނިކާ ވެކްސިން ކަމަށެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ޖަޕާނުގެ ހަދިޔާއިން ލިބުނު ވެކްސީންތަކާއެކު އުންމީދަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެކްސިން ފޯރު ކުރެވި، ރާއްޖޭގެ ހުރިހާ ފަރުދުންނަށް ވެކްސިން ފުރިހަމަ ވެގެން ދާނެ ކަމަށެވެ.

ކޮވިޑް-19 ދުނިޔޭގައި ފެތުރެން ފެށީންސުރެ ޖަޕާނާއި ރައްޖެއާއި ދެމެދު ގިނަ މުއާމަލާތަތަކެއް ކުރެވިފައިވާ ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ. އަދި ޖަޕާނުން ރާއްޖެއަށް ކުރިންސުރެ ވެސް ގިނަ އެހީތަކެއް ވެދޭކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އޭގޮތުން މެޑިކަލް އިކުއިޕްމެންޓާއި ފައިސާގެ ހިލޭ އެހީ އާއި ލޯނު ހިމެނެ އެވެ.

މިއަދު ފޮރިން މިނިސްޓްރީގެ އިމާރާތުގައި ބޭއްވި އެ ހަފުލާގައި ޖަޕާނުން ރާއްޖެ ކަނޑައަޅާފައި ހުންނަ ސަފީރު ކެއިކޯ ޔަނައި ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.