އޮޅުވެލިފުށި

އޮޅުވެލިފުށީ ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް

Aug 22, 2021

ޅ. އޮޅުވެލިފުށީގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރާ އެމްޑަބްލިއުއެސްސީން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީން ބުނީ އެ ރަށުގައި މިހާރު ކުރިޔަށް ދަނީ ފެން ޕްލާންޓް ބަހައްޓާ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމުގެ މަސައްކަތް ކަމަށެވެ. ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރަން ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ރަށަށް ގެންގޮސްފައިވާ ކަމަށެެވެ.

ފެނުގެ ނިޒާމް ގާއިމް ކުރަން އޮޅުވެލިފުށީގައި 71.9 ކިލޯ މީޓަރގެ ދިގު ފެން ހޮޅި ނެޓްވޯކެއް ގާއިމްކޮށް އާރުއޯ ފެސިލިޓީގެ އިމާރާތެއް ހަދައި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓާއި ތިން ތާންގީ ބަހައްޓާނެ އެވެ.

މި މަޝްރޫއުގައި އޮޅުވެލިފުށީގައި 56.6 ކިލޯ މީޓަރުގެ ނަރުދަމާ ނެޓްވޯކެއް ގާއިމްކޮށް 60.1 ކިލޯ މީޓަރގެ ޕަންޕިން ލައިން އަޅައި ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތްކޮށް ހަތަރު ޕަންޕިން ސްޓޭޝަނާއި އެއް ސީ އައުޓް ފޯލް ވެސް ގާއިމް ކުރާނެ އެވެ.