ޗާއިނާއިން ރާއްޖެއަށް އާ ސަފީރެއް ކަނޑައަޅައިފި އެވެ.
ޗައިނާއިން ރާއްޖެއަށް ސަފީރެއްގެ ގޮތުގައި މިފަހަރު ހަމަޖެއްސީ އަންހެން ބޭފުޅެކެވެ. އެއީ ވޭންގް ލީޝިން އެވެ.
އެކަމަނާ ރާއްޖެ ވަޑައިގަތުމަށް ފަހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެކަމަނާ ރާއްޖެ ވަޑައިގަތީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި ރާއްޖެ އާއި ޗައިނާގެ ގުޅުން އާ ހަރަފަތަކަަށް ގެންދިއުމަށް އެކަމަނާ ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި އޭނާ ވަނީ ރާއްޖޭގެ ރައްޔިތުންނަށް މަރުހަބާ ދަންނަވާފަ އެވެ.
ޗައިނާއިން ރާއްޖެއަށް އާ ސަފީރެއް ހަމަޖެއްސީ އެ މަގާމުގައި ކުރިން ހުންނެވި ޖަންގް ލީ ޖޮންގްގެ ބަދަލުގަ އެވެ. މިދިޔަ އޭޕްރީލް މަހާ ހަމައަށް ޖަންގް ސަފީރު ކަމުގެ މަގާމު ފުުރުއްވި އެވެ. ކުރީގެ ސަފީރު ވެވަޑައިގެންފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރެއްވި ބޭރު ގައުމުތަކުގެ ސަފީރުންގެ ތެރެއިން ވަރަށް މަޝްހޫރު ބޭފުޅަކަށެވެ.