އިސްލާމިކް މިނިސްޓްރީ

ޝަރީއަތާއި ހިލާފު އަމަލުތައް ހުއްޓުވަން މުއައްސަސާތަކުން ތެދުވެއްޖެ

މިއަދުގެ ބައްދަލްވުމުގެ ތެރެއިން
0%
0%
0%

އިސްލާމް ދީނުގެ ނަމުގައި ހިންގޭ ހަރުކަށި އަމަލުތަކާއި އިސްލާމީ އަހްލާގީ މިންގަޑުންބޭރު އަމަލުތަކާއި އިސްލާމީ ޝަރީއަތް ހުއްދަ ނުކުރާ ވިޔަފާރިތައް މުޖުތަމައުގައި އާއްމުވަމުންދާތީ އެފަދަ ކަންކަން ހުއްޓުވުމަށް މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެ އެވެ.

މުއައްސަސާތަކުން މިކަމަށް އެއްބަސްވެފައިވަނީ މުޖްތަމައުގައި ހިނގަމުންދާ ޝަރީއަތާއި ހިލާފު އަމަލުތައް ހުއްޓުވުމަށްޓަކައި އެޅެން ހުރި ފިޔަވަޅުތަކާއި ގުޅޭ ގޮތުން އަދި އިސްލާމް ދީނާއި ދެކޮޅު ފިކުރުތަކާއި ބެހޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން މަޝްވަރާ ކުރުމަށް މިއަދު ބޭއްވި ބައްދަލްވުމުގައެވެ.

މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ގާނޫނީ ބާރު ލިބިގެން މިފަދަ މައްސަލަތައް ހައްލު ކުރުމަށާއި ކަމާގުޅޭ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ތަހުގީގުކޮށް ފިޔަވަޅު އެޅުމުގައި ހުރި ދަތިތަކާއި އެކަންކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާ ކޮށްފައެވެ.

މީގެ އިތުރުން އިސްލާމް ދީނުގެ ނަމުގައި ހިންގޭ ހަރުކަށި އަމަލުތަކާއި އިސްލާމީ އަހްލާގީ މިންގަނޑުން ބޭރު އަމަލުތަކާއި އިސްލާމީ ޝަރީއަތް ހުއްދަ ނުކުރާ ވިޔަފާރިތައް މުޖުތަމައުގައި އާންމުވަމުންދާތީ އެފަދަ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކާގުޅޭ ގޮތުން މަޝްވަރާކޮށް އެ ކަންކަން ހައްލު ކުރުމަށްޓަކައި ބައްދަލުވުމުގައި ބައިވެރިވި މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345