ސަލަފް ޖަމިއްޔާ

އެޑިއުކޭޝަން-ޓްރާންސްޕޭރަންސީ އެއްބަސްވުން ހިއްސާކޮށްދިނުމަށް ސަލަފުން އެދިއްޖެ

"ޕްރޮމޯޓިން ރެޒިލިއަންސް އިން ދި-މޯލްޑިވްސް ޕްރައިމް" ޕްރޮޖެކްޓުގެ ނަމުގައި ޓްރާންސްޕޭރަންސީ މޯލްޑިވްސްއާއެކު އެޑިއުކޭޝަން މިނިސްޓްރީން އެމްއޯޔޫ އެއްގައި ސޮއިކޮށްފައިވާނަމަ އެ އެއްބަސްވުން ހިއްސާކޮށް ދިނުމަށް ޖަމިއްޔަތުއް ސަލަފުން އެދިއްޖެ އެވެ.

ސަލަފުން މިއަދު ބުނީ ހަރުކަށި ވިސްނުން އަށަގަތަނުދިނުމަށް ދަރިވަރުންގެ ކިބައިގައި ދީނަށް ލޯބިޖެއްސުންފަދަ ކަންކަން ހިމެނޭ "ޕްރޮމޯޓިން ރެޒިލިއަންސް އިން ދި-މޯލްޑިވްސް ޕްރައިމް" ޕްރޮޖެކްޓުގެ ނަމުގައި ޓްރާންސްޕޭރަންސީ މޯލްޑިވްސްއާއެކު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެމްއޯޔޫ އެއްގައި ސޮއި ކުރިކަމަށް އެ މިނިސްޓްރީ އާއި ހަވާލާދީ ރާއްޖޭގެ މީޑިޔާތަކުގައި އޯގަސްޓް 18، 2021 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެހެން ކަމުން އެ އެއްބަސްވުމުގެ ކޮޕީއެއް ސަލަފަށް ހިއްސާ ކޮށްދީ އަދި އެކަމާއި ގުޅޭ އިތުރު މައުލޫމާތު ސާފުކޮށްދިނުމަށް އެދޭ ކަމަށެވެ، އެކަމަށް އެދިފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުންނެވެ.