ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި މިއަދުގެ ދެވަނަ މަރު، ނަންބަރު 225 އަށް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ. މިއީ ކޮވިޑްގެ މިއަދުގެ ދެވަނަ މަރެވެ.

އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލީޓީގައި ފަރުވާ ހޯދަމުން އައި މީހެއް ކަމަށެވެ. އެއީ ދިވެހި އަންހެނެކެވެ.

މިއަދު ކުރީން މަރުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ކަރަންޓީނުގައި ހުރި އައްޑޫ މީހެކެވެ. އެއީ އުމުރުން 92 އަހަރުގެ ދިވެހި އަންހެކެވެ. އައްޑޫ އިކުއޭޓިރިއަލް ހޮސްޕިޓަލަށް އޭނާ ގެންގޮސްފައި ވަނީ މިއަދު ހެނދުނު 7:20 ގަ އެވެ. ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މިއީ އައްޑޫން ކޮވިޑް ބަލީގައި މިހާތަނަށް މަރުވި ތިންވަނަ މީހާ އެވެ.

ރާއްޖެއިން އެ ބަލީގައި މިހާތަނަށް މަރުވީ 225 މީހެކެވެ. އިއްްވެސް މި ބަލީގައި މީހަކު މަރުވިއެވެ. އެ މީހާ މަރުވީ ކޮވިޑްގައި މީހަކު މަރުނުވާތާ 18 ދުވަސް ފަހުންނެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1648 މީހުންނެވެ. މިހާތަނަށް 78076 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 16 މީހަކަށް ފަރުވާ ދެމުން ދެ އެވެ.