އެމްޓީސީސީ

ލަންދޫ ބަނދަރުގެ ބޮޑުބައި ނިންމައިފި

Aug 24, 2021

ނ. ލަންދޫ ބަނދަރު މަޝްރޫއުގެ މަސައްކަތުގެ 65 ޕަސެންޓް އެމްޓީސީސީން ނިންމައިފި އެވެ.

އެ ބަނދަރުގެ މަސައްކަތުގައި މިހާރު ކުރިއަށް ދަނީ ބޭރު ތޮށިލުމުގެ މަސައްކަތަށް ތައްޔާރުމެވެ. ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމަންޓް މި މަހު 23 ވަނަ ދުވަހު ވަނީ ސައިޓަށް ގެންގޮސްފަ އެވެ. އަދި ހާބަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގައި 89 ޕަސެންޓް ވަނީ ނިންމާފަ އެވެ.

މި މަސައްކަތުގައި 25,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުން ކުރާނެ އެވެ. އަދި 256 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 401 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއެކު 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ.