އަބްދުﷲ ޝާހިދު

ޝާހިދު ޖަޕާނަށް ވަޑައިގަންނަވަނީ

Aug 24, 2021

އދ. ގެ އާއްމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން، ޖަޕާން ސަރުކާރުގެ ދައުވަތަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޖަޕާނަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފި އެވެ.

ޝާހިދު ޖަޕާނަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވާމީ އަންނަ ބުރާސްފަތި ދުވަހު އެވެ. ދަތުރުފުޅުގައި ޖަޕާނުގެ ބޮޑުވަޒީރު ސޫގާ ޔޮޝިހީޑޭގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާ ޖަޕާނުގެ ފޮރިން މިނިސްޓަރު މޮޓޭގީ ޓޮޝިމިޓްސޫއާ ބައްދަލު ކުރައްވާނެ އެވެ.

މި ދަތުރުފުޅުގައި އދ. ގެ އާއްމު މަޖިލީހުގެ މަސައްކަތްތަކާބެހޭ ގޮތުންނާއި، އާއްމު މޖިލީހުގެ ރިޔާސަތާއެކުގައި ޖަޕާނުން މަސައްކަތް ކުރުމާ ބެހޭ ގޮތުން ޝާހިދާއި ޖަޕާނު ސަރުކާރާ ދެމެދު މަޝްވަރާ ކުރާނެ އެވެ.

މީގެ އިތުރުން ރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރާނެ އެވެ.

ޝާހިދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.