އެލްޖީއޭ

އެލްޖީއޭގެ ސީސީއޯގެ މަގާމަށް މީހަކު ހޯދަން އިއުލާންކޮށްފި

ލޯކަލް ގަވަމަންޓް އޮތޯރިޓީއަށް (އެލްޖީއޭ) ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) އެއް ހޯދަން އިއުލާން ކޮށްފި އެވެ.

އެލްޖީއޭ އަށް ސީއީއޯ އެއް ހޯދަން އިއުލާން ކުރީ އެމަގާމުގައި ކުރިން ހުންނެވި ޑރ. އަހުމަދު ޝުކުރީ މަގާމުން މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ހަތަރު އަހަރު ކުރިން އެލްޖީއޭގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެންނެވި ޑރ. ޝުކުރީ ކުއްލިއަށް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވިއިރު ސަބަބެއް ވިދާޅެއް ނުވެއެވެ. މަގާމަށް މީހަކު ހޯދަން އެލްޖީއޭއިން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ، މަގާމަށް ޝައުގުވެރިވާ މީހުން ޑިސެމްބަރު ދޭއްގެ ކުރިން އެ އޮތޯރިޓީއަށް ފޯމް ހުށަހެޅުމަށެވެ.

މަގާމުގެ މައިގަނޑު ޝަރުތުތައް:

- ގަވަނަންސް ނޫނީ ޕަބްލިކް ސެކްޓާ ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލް ކޮށްފައިވުން، ނުވަތަ އެހެން ދާއިރާއަކުން ޑިގްރީ އަކާއި މާސްޓާސް ޑިގްރީ އެއް ހާސިލްކޮށްފައިވުން.
- ސަރުކާރުގެ އޮފީހެއް ނުވަތަ ކުންފުންޏެއް ނުވަތަ އޮފީހެއްގެ ސެކްޝަނެއް ހިންގުމުގައިމަދުވެގެން 10 އަހަރު މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުން
- ދިވެހިބަހާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުއާމަލާތުކުރުމުގެ ހުނަރާއި ތަޖުރިބާލިބިފައިވުން
- ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވޭ ސެމިނާތަކާ މަސައްކަތު ބައްދަލުވުންތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެފައިވުމުގެ ތަޖްރިބާ ލިބިފައިވުން

އެލްޖީއޭގެ ސީއީއޯ އަކަށް 35000ރ. ގެ މުސާރައެއް ލިބޭނެ އެވެ.

އެލްޖީއޭއަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އުފެދިފައިވާ ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ހިނގަމުންދާގޮތް ބަލައި، ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސް ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ 2010 ވަނައަހަރުގެ އޮގަސްޓް މަހުގެ ހަތަރު ވަނަދުވަހު އުފައްދަވާފައިވާ މުއައްސަސާއެކެވެ.