ވިޔަފާރި

އެއްބާރުލުން ދޭން ވަޒީފާގެ ޓްރައިބިއުނަލާއި އިކޮނޮމިކް މިނިސްޓްރީން އެއްބަސްވެއްޖެ

ވަޒީފާއާ ބެހޭ ޓްރައިބިއުނަލާއި އިކޮނޮމިކް މިނިސްޓްރީން ވަޒީފާއާ ގުޅުންހުރި ކަންތައްތަކުގައި އެއްބާރުލުންދޭން އެއްބަސްވެ، އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނީސް އެވެ. އަދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް އިދްރީސް އިސްމާއީލެވެ.

ސޮއެކުރެއްވުމަށް ފަހު، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް އިދްރީސް ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ވަޒީފާއާ ގުޅުންހުރި ކަންތައްތަކުގައި ފަސޭހަ ވެގެންދާނެ ކަމަށެވެ.

"ޓްރައިބިއުނަލުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމުގައި މި އެއްބަސްވުމުގެ ސަބަބުން ފަސޭހަ ވެގެން ދާނެ،" އިދްރީސް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނީސް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނިންމުންތަކުގެ ތަފާސް ހިސާބުތައް ހޯދުމަށް ވެސް ފަސޭހަ ވެގެންދާނެ ކަމަށެވެ.