ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ތިންލައްކަ މީހުން ވެކްސިން ފުރިހަމަކޮށްފި

ކޮވިޑް-19 އިން ދިފާއުވުމަށް 300،064 ވުރެ ގިނަ މީހުން ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ހޯމަ ދުވަހު ދުވަހު 476 މީހަކު ދެވަނަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އެއީ އަތޮޅުތަކުން ވެކްސިން ދިން 215 މީހުންނާއި މާލެ ސަރަހައްދުން ވެކްސިން ދިން 261 މީހުންނެވެ.

މިހާރު ވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށް ގެންދެއެވެ. މިހާތަނަށް ރާއްޖެއިން 376،630 މީހަކަށް ވެކްސިން ދީފައިވެެއެވެ.

ރާއްޖޭގެ އާބާދީގައި ހިމެނޭ 12 އަހަރާއި 17 އަހަރާ ދެމެދުގެ އާބާދީއަށް ވެކްސިން ޖެހުމަށް ހާއްސަ ޕްރަގްރާމެއްވެސް މިހާރު ވަނީ ފަށާފައެވެ. އެ ޕްރޮގްރާމުގެ ދަށުން 66 ޕަސަންޓް ކުދިން ވެކްސިން ފުރިހަމަކޮށްފައިވެއެވެ.

ދަރިވަރުންގެ ވެކްސިން ޕްރޮގްރާމު ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ ކުދިންނަށް ދެނީ ފައިޒާ ވެކްސިނެވެ.

ސަރުކާރުގެ ފަރާތުން ދަރިވަރުންގެ ވެކްސިން ޕްރޮގްރާމުގެ މައުލޫމާތު ހާމަކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ދަރިވަރުންގެ ވެކްސިން ޕްރޮގްރާމުގައި މިހާތަނަށް 81 ޕަސަންޓް ކުދިން ވެކްސިންގެ އެއް ޑޯޒް ޖަހާފައިވާ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އިއްޔެ ބުނީ ސުކޫލް ކުދިންގެ ވެކްސިން ޕްރޮގްރާމުގައި 20،000 އަށް ވުރެ ގިނަ ދަރިވަރުން ވެކްސިންގެ ފުރަތަމަ ޑޯޒު އިއްޔެއާ ހަމައަށް ޖަހާފައިވާ ކަމަށެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ވަނީ ފައިޒާ ވެކްސިން އިތުރު ކެޓަގަރީއަކަށް ހުޅުވާލަން ނިންމާ އެކަން ހާމަކޮށްފައެވެ.

މި ފަހަރު ރާއްޖެެއަށް ލިބުނު ވެކްސިން މައިގަނޑު ގޮތެއްގައި ޖަހަނީ 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުޑަކުދިންނަށެވެ. އޭގެ އިތުރުން މާބަނޑު މީހުންނަށްވެސް ވެކްސިން ދިނުމަށް ވަނީ ނިންމާފައެވެ.

އެޗްޕީއޭއިން މިރޭ ބުނީ މާދަމާއިން ފެށިގެން އުމުރުން 60 އަހަރުން މަތީގެ މީހުންނަށްވެސް ފައިޒާ ވެކްސިން ދޭން ފަށާނެ ކަމަށެވެ. ނަމަވެސް އެ ވެކްސިން ޖަހައިދޭނީ މިހާތަނަށް އެއްވެސް ވެކްސިނެއް ޖަހާފައި ނެތް މީހުންނަށެވެ.

މީގެ އިތުރުން ދިފާއީ ނިޒާމު ދަށް މީހުންނަށްވެސް މި ވެކްސިން ޖަހައިދޭނެ އެވެ. އެ ކެޓަގަރީގައި ހިމެނެނީ ހަށިގަނޑުގެ ގުނަވަނެއްް ބަދަލުކޮށްފައިވާ މީހުންނާއި އޮޓޯ އިމިއުނިޓީ ޑިސީސަސްް މީހުންނާއި ކެންސަރު ބަލީގެ މީހުންނާއި ދިގު މުއްދަތަކަށްް ސްޓެރޮއިޑްް ބޭނުންކުރާ މީހުންނާއި ތެލެސީމިއާ ކުދިންނާއި ސިކްލްްސެލް އެނީމިއާ އަދި ޑައިލައިސިސްް ހަދާ މީހުންނާއި ކިޑްނީ ބަލިފަދަ ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަމުންދާ މީހުންނެވެ.