އެޗްޑީސީ

ފާރު ތަޅާލީ ހުއްދަަ ހޯދައިގެން: އެޗްޑިސީ

ދައުރުވަމުންދާ، ހިޔާ ފްލެޓްގައި ފާރެއް ތަޅާލާ ފޮޓޯގައި ފެންނަ މަސައްކަތަކީ ހުއްދަ ހޯދައިގެން ކުރާ މަސައްކަތެއް ކަމަށް އެޗްޑީސީއިން ބުނެފި އެވެ.

އެޗްޑިސީއިން ބުނި ގޮތުގައި އެ މަސައްކަތް ކުރަނީ ހިޔާ ކޮމާޝަލް ޖާގައެއްގަ އެވެ. އަދި އެ މަސައްކަތް ކުރަން ހޯދަން ޖެހޭ ހުރިހާ ހުއްދައެއް ވެސް ވަނީ ހޯދާފަ އެވެ.

ފާރު ތަޅާލާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއެކު ސޯޝަލް މީޑިއާގައި ގިނަ ފާޑުކިއުންތައް ވެސް އައިސްފައި ވެއެވެ. ނަމަވެސް އެޗްޑީސީއިން ބުނި ގޮތުގައި އެ ކަމުގައި ގާނޫނާއި އުސޫލުތަކާއި ހިލާފު އެއްވެސް މަސައްކަތެއް ނެތް ކަމަށެވެ.

"މިއީ ސުޕަމާކެޓެއް އެޅުމަށް ދީފައިވާ ޔުނިޓެއް، ގްރައުންޑް ފްލޯގައި ކޮމާޝަލް ސްޕޭސް ހެދުމަށް ޔުނިޓތަކަށް ބަދަލު ގެނައުމަށް ހުއްދަ ދެވިގެން ކުރާ މަސައްކަތެއް،" އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އެޗްޑީސީން ބުނި ގޮތުގައި މީހުން ދިރިއުޅޭ ފްލެޓްތަކަށް ގެންނަ ބަދަލުތަކަށް އެގްރީމެންޓުގައި ސޮއި ކުރުމާއެކު އެކަން ސާފުކޮށް ދީފައިވާ ކަމަށާއި ހުއްދަ ހޯދަައިގެން ބަދަލުތައް ގެނެވޭނެ ކަމަށެވެ.