އެޗްޑީސީ

ހިޔާ ފްލެޓަށް ފެން ވަންނަ މައްސަލަ ހައްލުކޮށްދެނީ

Jun 30, 2022
ހިޔާ ފްލެޓްތައް. ފްލެޓްތަކުގެ ކުޑަދޮރުން ފެން ވަންނަ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އެޗްޑީސީން ވަނީ ފަށާފައި -- ފޮޓޯ: އަވަސް
100%
0%
0%

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކުގެ ކުޑަދޮރުން ފެން ވަންނަ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފްލެޓްތަކުގެ ކުޑަދޮރުން ފެން ވަންނަ މައްސަލަ ހައްލުުކުރުމަށްޓަކައި ބޭނުންވާ ތަކެތި މިހާރު ލިބިފައިވާ ކަމަށެވެ.

ފެން ވަންނަ މައްސަލަ ދިމާވެފައިވަނީ ބައެއް ފްލެޓްތަކަށް ކަން ފާހަގަކުރަމުން އެޗްޑީސީން ބުނީ ޝަކުވާ ހުށަހަޅާފައިވާ ތަރުތީބުން މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރުމަށް ފްލެޓްތަކުގެ ވެރިންނަށް ގުޅަމުންދާނެ ކަމަށެވެ.

"އެހެންކަމުން މި ކޯޕަރޭޝަނުން މިފަރާތްތަކާއި ގުޅައި މަރާމާތުކުރުމަށް ތާވަލްކުރެވުމުން ފްލެޓަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވުން އެދި ދެންނެވީމެވެ." އިއުލާންގައިވެ އެވެ.

ފެން ވަންނަ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 6:00ގެ ނިޔަލަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345