ރައީސް މުހައްމަދު ނަޝީދު

ކަޔާނޯގެ ލަވައިން ކީރިތި ކުރެއްވުނު

"ޓްރެފިކްޖޭމް" ގެ ލީޑް ވޯކަލިސްޓް ކަޔާނޯ އިއްޔެ ނެރުނު "ބޮމް" އަށް ތައުރީފާއެކު ރައީސް މުހައްމަދު ނަޝީދު ޝުކުރު އަދާ ކުރައްވައިފި އެވެ.

މިއަދު ޓްވީޓެއް ކުރައްވައި ރައީސްް ނަޝީދު ވަނީ އެ ލަވަ އަޑު އެއްސެވުމުން ކުރެއްވުނު އިހުސާސުތައް ކުރުކޮށް ހިއްސާ ކުރައްވާފަ އެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ކަޔާނޯގެ ލަވަ އަަޑު އިވި ވަޑައިގަތުމުން ވަރަށް އުފާފުޅުވި ކަމަށާއި އަސަރުން ފުރި ކީރިތި ކުރެއްވުނު ކަމަށެވެ.

"މިވަގުތު މިއިނީ އަސަރުން ރޮވިފަ، އުފަލުން ހެވިފަ މަންޒަރު ފެނިފަ ހީބިހި ނަގާފަ،" ރައީސް ނަޝީދު ލިޔުއްވާފައި ވެއެވެ.

ކަޔާނޯގެ އެ ލަވަޔަކީ "ހައެއްފަހެއް" ގެ ހާދިސާއާއި ގުޅުވައި ނެރުނު ލަވަ އެކެވެ. އަދި މި ލަވަ ރިލީޒް ކޮށްދެއްވީ ވަނީ ރައީސް ނަޝީދުގެ މަންމާފުޅު އާބިދާ މުހައްމަދު އެވެ. އެ ހަފްލާ އޮތީ ރައީސް ނަޝީދަށް ބޮމުގެ ހަމަލާ ދިން ތަނުގައި ރޭގަ އެވެ.