އެމްޓީސީސީ

މުރައިދޫ ބަނދަރު ހަދަން އެމްޓީސީސީއަށް

ހއ. މުރައިދޫ ބަނދަރު ހަދަން ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލު ކޮށްފިއެވެ.

އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ މިއަދު ޕްލޭނިން މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގަ އެވެ. އެގްރީމެންޓުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސާ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

މި މަޝްރޫއުގައި ބަނދަރު ފުން ކުރުމާއި، 407 މީޓަރުގެ ބޭރުތޮށި ލުމުގެ އިތުރުން 50 މީޓަރުގެ ގްރޮއިން ޖެހުމާއި، 105
މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނެ އެވެ. އަދި މީޓަރުގެ އެއްގަމުތޮށި ލުމާއި، ނުވަ މީޓަރު ދިގު ނުވަ މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ދެ މީޓަރު ދިގު 15 މީޓަރު ފުޅާ ވޯކްވޭ ބްރިޖެއް ހެދުން ހިމެނެ އެވެ.