ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަގާމު ފުރުވަމުން އައި އިބްރާހިމް ހޫދު، އެ މަގާމުން ވަކި ކުރެއްވުމަށް ފަހު ރައީސް އޮފީހުގެ ފޮރިން ރިލޭޝަން ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ހޫދު އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައި ކަމަށެވެ.
މި ބަދަލު ގެނައި ނަމަވެސް ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގުމުގެ ޒިންމާތައް ކުރިއެކޭ އެއްފަދައިން އަދާ ކުރައްވާނީ ހޫދު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ހޫދު މީގެ ކުރިން ވަނީ ރައީސްގެ ސްޕޯކްސްޕާސަންގެ މަގާމު ވެސް ފުރުއްވާފަ އެވެ. ނަމަވެސް ފަހުން އެ މަގާމަށް މިހާރުގެ ސްޕޯކްސްޕާސަން މަބްރޫކް އަޒީޒް އައްޔަނު ކުރެއްވުމަށް ފަހު، ރައީސް ވަނީ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަގާމު ހޫދުއަށް ވަނީ ދެއްވާފަ އެވެ.