ތާލިބާނުން ސޯޝަލް މީޑިއާ ބޭނުން ކުރަން ތާއީދު އޮތް ވަރު ބަލަން އެމެރިކާގައި ނެގި ވޯޓެއްގައި، ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާން ތާލިބާނުންނަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށް 62 ޕަސެންޓް މީހުން ބުނެފި އެވެ.
ތާލިބާނުންނަށް ސޯޝަލް މީޑިއާ ބަންދުވާން ޖެހޭ ކަމަށް ވޯޓުން ދެއްކި ނަމަވެސް، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެ ޖަމާއަތް ޕްރޮމޯޓް ކުރަން ކުރެވޭ މަސައްކަތްތަކެއް މިހާރު ވެސް ކުރިއަށް އެބަދެ އެވެ.
އަފްޣާނިސްތާންގައި އޮތް ގާނޫނީ ވެރިކަން އޯގަސްޓް 15 ގައި ވައްޓާލުމަށް ފަހު ތާލިބާނުންގެ އެކި ގޮފިތަކުން ދަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހަރަކާތްތެރި ވަމުންނެވެ. އެހެން ނަަމަވެސް ސޯޝަލް މީޑިއާ ކުންފުނިތަކުން ތާލިބާނުންނާ މެދު ކަންކުރާނެ ގޮތެއް އަދި ކަނޑައެއް ނާޅަ އެވެ.
ޚިޔާލު ހޯދަން ނެގި ވޯޓުން ދައްކާ ގޮތުން ތާލިބާނުންނަށް ކޮންމެވެސް ވަރަކަށް ސޯޝަލް މީޑިއާ ބޭނުން ކުރެވެން ޖެހޭ ކަމަށް 19 ޕަސެންޓް ބުނެފައިވެ އެވެ. އެހެން މީހުނެކޭ އެއްފަދައިން ހިފެހެއްޓުމެއް ނެތި ތާލިބާނުންނަށް ވެސް ސޯޝަލް މީޑިއާ ބޭނުން ކުރެވެން ޖެހޭ ކަމަށް ހަތް ޕަސެންޓް ބުނެފައިވެ އެވެ. ވަކި ކޮޅަކަށް ޖެހެން ބޭނުންނުވާ ކަމަށް 12 ޕަސެންޓް ވޯޓްދީފައި ވެއެވެ.
ތާލިބާނުން ފޭސްބުކް ބޭނުން ކުރަން ފެނޭތޯ އޮތް ސުވާލަށް 81 ޕަސެންޓް ބުނެފައި ވަނީ އެމީހުންނަށް ފޭސްބުކް ބަންދުވާން ޖެހޭ ކަމަށެވެ.
ފޭސްބުކާއި ޓިކްޓޮކުން ގަބޫލު ކުރަނީ ތާލިބާނުންނަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށެވެ. އެހެން ނަމަވެސް ބުނީ ދެވަނަ ވިސްނުމަކަށް ދާނީ އެ ޖަމާއަތުން ހަރުކަށި ފިކުރު ޕޮރޮމޯޓްކުރާ ނަމަ ކަމަށެވެ. ތާލިބާނުންނަށް ފޭސްބުކް މުޅިން ބަންދުކުރާ ވާހަކައެއް ނުބުނެ އެވެ.
ޓްވީޓާއިން ބުނީ އަމަލު ކުރާނީ ތާލިބާނުން ލިޔާ އެއްޗަކަށް ބަލާފައި ކަމަށެވެ. ޓްވިޓާއިން ބުނި ގޮތުން ގަވާއިދަށް ނުފެތޭ ޓްވީޓްތަކަށް ހުއްދައެއް ނުދޭނެ އެވެ. އަދި ތާލިބާނުން ހަރުކަށި ފިކުރަށް ސަޕޯޓްކުރާ ޓްވީޓްތަކަށް ވެސް ހުއްދައެެއް ނޯންނާނެ އެވެ. އެނޫން ގޮތެއްގައި ކުރެވޭ ސުލްހަވެރި ޓްވީޓްތައް އެއީ މައްސަލައެއް ނޫން ކަމަށް ވަނީ ބުނެފަ އެވެ.