ޕީއެސްޖީ

ރެއާލްގެ ބިޑަށް ޕީއެސްޖީން ނޫނެކޭ ބުނެފި

ރެއާލުން އެމްބާޕޭ ހޯދަން ހުށަހެޅި ބިޑަށް ޕީއެސްޖީން ބުނީ ނޫނެކޭ --ފޮޓޯ؛ ދަ ޓައިމްސް
0%
0%
0%

ޕީއެސްޖީގެ ޒުވާން ތަރިން ކީލިއަން އެމްބާޕޭ ހޯދަން ރެއާލް މެޑްރިޑުން ހުށަހެޅި ބިޑަށް ޕީއެސްޖީން ނޫނެކޭ ބުނެފި އެވެ.

އެމްބާޕޭ ހޯދަން ރެއާލުން ޕީއެސްޖީއަށް ހުށަހަޅާފައި ވަނީ 160 މިލިއަން ޔޫރޯގެ ބިޑެކެވެ. ނަމަވެސް ޕީއެސްޖީން ވަނީ މި ހުށަހެޅުމަށް ނޫނެކޭ ބުނެފަ އެވެ. އަދި ޕީއެސްޖީގެ ސްޕޯޓީން ޑިރެކްޓަރު ލިއެނާޑޮ ބުނީ އެމްބާޕޭ ޕީއެސްޖީއަށް ގެންދަން އެޓީމުން ކޮށްފައިވާ ވަރަށްވުރެ ކުޑަ އަގެއްގައި އޭނާ ވިއްކާލެވެން ނެތް ކަމަށެވެ. އަދި ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް އޮތީ އެގޮތް ކަމަށެވެ.

ލިއެނާޑޯ ބުނީ އެމްބާޕޭ ބޭނުންވެއްޖެ ނަމަ އެޓީމު ދޫކޮށް އެހެން ޓީމަކަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެކަމަކު ޓީމުގައި މަޑު ކުރިއަސް ނުވަތަ ޓީމުން ދިޔަޔަސް އެކަން ކުރަން ޖެހޭނީ ޓީމުގެ އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ.

މޮނާކޯއިން ޕީއެސްޖީއަށް އެމްބާޕޭ ގެންދިޔައީ އެޑްއޮންސް އާއެކު 180 މިލިއަން ޔޫރޯ އަށެވެ. އެހެންކަމުން 160 މިލިއަން ޔޫރޯގެ އަގަކީ އެޓީމަށް ބަލައިގަނެވޭނެ އަދަދެއް ނޫން ކަމަށާއި އެއީ ރެއާލުން ކުރި ވަރަށް ލަދުވެތި ކަމެއްގެ ގޮތުގައި ލިއެނާޑޯ ވަނީ ފާހަގަ ކޮށްފަ އެވެ. އަދި ޕީއެސްޖީން އެމްބާޕޭ ވިއްކާލަން ނިންމާފައިވަނީ 220 މިލިއަނަށްކަން ފާހަގަ ކުރަމުން ލިއެނާޑޯ ބުނީ އެއީ އެޓީމުން މޮނާކޯއަށް 35 މިލިއަން ޔޫރޯ ދައްކަން ޖެހޭނެތީ ކަމަށެވެ.

ނަމަވެސް މިކަމާއި ގުޅިގެން ރެއާލްގެ ފަރާތުން އޭގެ ފަހުން އެއްވެސް ބަހެއް ނުބުނެ އެވެ. ޓްރާންސްފާ މާކެޓު ނިމެން ފަސް ދުވަހަށް ވެފައި ވާއިރު، އެމްބާޕޭގެ ޑީލް މި ސީޒަންގައި އިތުރަށް ކުރިއަށް ގެންދެވެން އޮތީ ރެއާލުން 220 މިލިއަން ޔޫރޯ ނުވަތަ އެއަށްވުރެ ބޮޑު އަގެއްގައި އަލުން ޕީއެސްޖީއަށް ބިޑް ކޮށްގެންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345