އެލައިޑް އިންޝުއަރެންސް

އެލައިޑުން ހިޔާ ފުލެޓަށް ހާއްސަ އިންޝުއަރެންސެއް

އެލައިޑް އިންޝުއަރެންސުން ހިޔާ ފްލެޓަށް ހާއްސަކޮށް އިންޝުއަރެންސް ޕެކޭޖެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.

އެލައިޑް އަޔާދީ ތަކަފުކްގެ އެސިސްޓެންޑް މެނޭޖަރު، ހޯމް ކޮންޓެންޓް، ފަރީދާ ސިއްތި (ފަރީ) ވިދާޅުވީ ހިޔާ ފްލެޓަށް ހާއްސަ އިންޝުއަރެންސް ޕެކޭޖެއް ހަދަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ޕެކޭޖު ތައާރަފު ކުރާނެ މުއްދަތެއް އޭނާ ވިދާޅެއް ނުވެ އެވެ.

"ހިޔާއަށް ހާއްސަ ފަސޭހައިން ނެގޭނެ ޕްލޭންތަކެއް ތައާރަފު ކުރަން މިދަނީ މަސައްކަތް ކުރަމުން،" އެލައިޑުގެ އިންޝުއަރެންސަށް ހޭލުންތެރި ކުރުވަން ކްލަބް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި ފަރީ ވިދާޅުވި އެވެ.

ފަރީ އިތުރަށް ވިދާޅުވީ އާއްމުކޮށް އިންޝުއަރެންސް ކުރެވެނީ އިމާރާތުގެ ނަމުގައި ނުވަތަ އިމާރާތުގެ ވެރިފަރާތުގެ ނަމުގައި ކަމަށާ ނަމަވެސް ހޯމް ކޮންޓެންޓުގައި ގޭގެ ވެރިފަރާތް ނޫންކަމުގައި ވީނަމަވެސް މުދަލުގެ ގެއްލުން ލިބޭ ފަރާތުގެ މުދާ އިންޝުއަރަ ކުރެވޭނެ އެވެ.

ކުއްޔަށް އުޅޭ މީހުންނަށް ހާއްސަ - ހޯމް ކޮންޓެންޓް

ފަރީ އިތުރަށް ވިދާޅުވީ އާއްމުކޮށް އިންޝުއަރެންސް ކުރެވެނީ އިމާރާތުގެ ނަމުގައި ނުވަތަ އިމާރާތުގެ ވެރިފަރާތުގެ ނަމުގައި ކަމަށާ ނަމަވެސް ހޯމް ކޮންޓެންޓުގައި ގޭގެ ވެރިފަރާތް ނޫންކަމުގައި ވީނަމަވެސް މުދަލުގެ ގެއްލުން ލިބޭ ފަރާތުގެ މުދާ އިންޝުއަރަ ކުރެވޭނެ އެވެ.

"ހޯމް ކޮންޓެންޓް ކުއްޔަށް އުޅޭ ބޭފުޅުންނަށް ވެސް ނެގިގެން ދާނެ. އަމިއްލަ ގެދޮރަށް ނުވިނަމަވެސް ކަބަރު ސެޓާއި ބެޑްރޫމް ސެޓާއި އިސްތިރިން ފެށިގެން އެއާކޯން ފަދަ ކޮންމެ އެެއްޗަކީ ވެސް ވަރަށް އަގު ބޮޑު އަގުހުރި އެއްޗެއް. މިހާރުގެ ހާލަތަށް ބަލާއިރު ގިނަ ތަކެތި ހޯދާފައި ހުންނާނީ އިންސްޓޯލްމަންޓަށް. އެހެންވެ މިފަދަ އެޗެއްގެ އަގު ނުދެއްކި އުޅެނިކޮށް ހިތާމަވެރި ހާދިސާއެއް ދިމާވެއްޖެނަމަ ހާލަތެއް ޒިންމާ ނަގަން ޖެހޭނީ ޒަރޫތީތަކެތި އަލުން ހޯދުމަކަށް ނޫން. ބޮލުގަ އެޅިފައިވާ އެ ދަރަނި ވެސް އަދާ ކުރަން ޖެހޭނެ،" ފަރީ ވިދާޅުވި އެވެ.

އެލައިޑުގެ އިންޝުއަރެންސަށް ހޭލުންތެރި ކުރުވަން ކްލަބް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ މާލެ ތޮއްޖެހިފައިވާއިރު ހަމައެކަނި ދިމާވަނީ އަލިފާނުގެ ހާދިސާތައް އެކަނި ނޫން ކަމަށާ، ވައްކަމާއި މުދަލަށް ގެއްލުން ދިނުން މި ފްލޭން ހަދާފައިވަނީ މި ފަދަ ގެއްލުންތަކުން ލިބޭ ގެއްލުމުން އަރައި ގަތުމަށް ކަމަށެވެ.

"ގޭގެ ފެންހޮޅި ފަޅައިގެން ދިއުމުން ލިބޭނެ ގެއްލުންތަކާ ދޮރު ފަދަ ތަންތަނަށް ލިބޭ ގެއްލުންތައް ވައްކަން ކުރުމުން ލިބުނު ގެއްލުމަށް ވެސް ބަދަލު ލިބޭނެ. މިއީ ވަރަށް ކުޑަ އިންޝުއަރެންސެއް، އަހަރަށް އެންމެ 300ރ. ދައްކާލައިގެން މި ކަވަރޭޖު ލިބިދާނެ. މި ޕެކޭޖު ނަގަންވެސް ފޯމްގައި ސޮއި ނުކޮށް އެލައިޑް މޮބައިލް އެޕުންވެސް ނެގޭނެ،" ފަރީ ވިދާޅުވި އެވެ.

އެލައިޑް އިންޝުއަރެންސްއަކީ ރާއްޖޭގެ އެންމެ ބޮޑު އިންޝުއެންސް ކުންފުންޏެވެ. އެ ކުންފުނިން ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފަޔާ އިންޝުއަރެންސަަށް ބަދަލުގެ ގޮތުގައި 70 މިލިއަނަށްވުރެ ބޮޑު އަދަދެއް ދީފަ އެވެ.