ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ލަންކާ ލޮކްޑައުން ސެޕްޓެމްބަރު 6 އަށް ދަންމައިފި

ލަންކާގައި ކޮވިޑް ތައްކަތުނުވެ މަރުތައް އިތުވަމުން ދިއުމާ ގުޅިގެން އޯގަސްޓް 20 ގައި މުޅި ގައުމު ލޮކްޑައުންކުރި އެވެ. ލަންކާ ސަރުކާރުން އެއިރު ނިންމާފައި އޮތީ 10 ދުވަހަށް ލޮކްޑައުން ކުރާ ގޮތަށެވެ. އެހެން ނަމަވެސް ލޮކްޑައުން މުއްދަތު ސެޕްޓެމްބަރު ހަޔަކަށް ދިގު ދަންމަން ސަރުކާރުން މިއަދު ވަނީ ނިންމާފަ އެވެ.

ރައީސް ގޮޓަބަޔާ ރާޖަޕަކްސާގެ މީޑިއާ ތަރުޖަމާން ކިންގްސްލީ ރަތުނަޔަކާއާ ހަވާލަދީ ލަންކާ ނޫސްތަކުން ބުނާ ގޮތުން ލޮކްޑައުން މުއްދަތު ދިގު ދަންމަން ނިންމީ ރައީސް ރިޔާސަތު ބަލަހައްޓާވާ ކޮވިޑް ކޮމިޓީން މަޝްވަރާ ކުރުމަށް ފަހު އެވެ.

ލަންކާއަށް ކޮވިޑްއެރި ފަހުން ދޭތެރެ ދޭތެއިން ހާލަތު ވަރަށް ގޯސްވެ އެވެ. އެހެން ނަމަވެސް މިމަހު ކުރީކޮޅު ލަންކާ ތަޖުރިބާކުރި ހާލަތު އޭގެ ކުރިން ތަޖުރިބާކޮށްފައެއް ނުވެ އެވެ.

ސިއްހީ އޮފިޝަލުން ވިދާޅުވާ ގޮތުން ލަންކާގައި ކޮވިޑް ހާލަތު ކޮންމެ ފަހަރަކު ވެސް ގޯސްވަނީ ސަރުކާރާ އާންމު ރައްޔިތުން ވެސް ސިއްހީ އިދާރާތަކުން ދީފައި އޮންނަ އިރުޝާދަށް ކަމޭނުހިތުމުންނެވެ. ގައުމު ލޮކްޑައުން ކުރަން ޖެހޭ ކަމަށް ސިއްހީ ތަޖުރިބާކާރުންނަށް ގަބޫލު ކުރެވުނު ނަމަވެސް ގިނަ ފަހަރު ސަރުކާރުގެ ސިޔާސަތާ ފުށުއަރަނީ އެވެ.

ލަންކާގެ ހެލްތު މިނިސްޓަރު ޓްވީޓްކުރައްވައި ވިދާޅުވެފައިވާ ގޮތުން ލޮކްޑައުންއަކީ މިހާރު އާންމުން ބަލައިގަންނަ ކަމެއް ނޫނެވެ. ސިއްހީ އިދާރާތަކުން ދޭ އިރުޝާދަށް ބޯނުލަނބައި މަޝްރަހު ހަމައަކަށް ނޭޅޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ވަޒީރު މިމޭރުމުން ވާހަކަފުޅު ދެއްކެވި ސަބަބެއް ކަމަށް ބެލެވެނީ ލަންކާ މަގުތަކަށް އާންމުން އެއްވެ އުޅޭ މަންޒަރުތަކެއް ސޯޝަލް މީޑިއާގައި ފެތުރި ފާޑުކިޔުމަށް ހުށަހެޅިފައި ވާތީ އެވެ. އަދި ކޮލޮމްބޯ މަގުތަކުގައި ޓްރެފިކްގައި ޖެހިފައި ހުރި އުޅަނދުތަކެއް ކަމަށް ބުނެ ބަހަމުންދާ ފޮޓޯތަކަކާ ގުޅިގެންނެވެ.

ލަންކާގައި ކޮވިޑް އަދި ވެސް ދަނީ ގަދަޔަށް ފެތުރެމުންނެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހު 25 ގައި 209 މީހުން ކޮވިޑްގައި މަރުވެފައިވެ އެވެ. ސިއްހީ އޮފިޝަލުން ވިދާޅުވި ގޮތުން ލަންކާއަށް މިހާރު ގަދަވެގެންފައި ވަނީ ޑެލްޓާ ވޭރިއަންޓެވެ. ކޮވިޑްގެ އެހެން ވޭރިއަންޓްތައް ވެސް އުޅެ އެވެ. ލަންކާގައި ކޮވިޑް ޖެހިގެން މިހާތަނަށް 8،157 މީހުން މަރުވެފައިވާ ކަމަށް ރިކޯޑްތަކުން ދައްކަ އެވެ.

ލަންކާއަކީ ދިވެހިންގެ އާބާދީ ބޮޑު ގައުމެކެވެ. ރިޕޯޓްތަކުން އެނގެން ހުރި މައުލޫމާތަށް ބަލާއިރު ލަންކާގައި 16،000 ދވިެހިްނ ދިރިއުޅެ އެވެ. އަނެއްކޮޅުން ލަންކާގައި ކޮވިޑްގައި ދިވެހި ފިރިހެނަކު މިއަދު ވަނީ މަރުވެފަ އެވެ.