ލައިފްސްޓައިލް

ވެއްޓުނު އިމާރާތެއް ދަށުން ނެރުނު މީހަކު ފުރަތަމަ ހޯދީ ފައިވާން!

މިހާރު އެންމެ ވައިރަލް ވެގެން އުޅޭ އެއް ވާހަކައަކީ މާ ކުރިން ވެއްޓުނު އިމާރާތެއްގެ ދަށުވެފައި އޮތް މީހަކު ތިން ދުވަސް ފަހުން ސަލާމަތް ކުރުމުން އޭނާ ފުރަތަމަ އެހި ސުވާލުގެ ވާހަކަ އެވެ. އެމިހާ ކުރި ސުވާލުން އޭނާގެ އެ ހަބަރު ކީ އެންމެން ހިނ ހީނ ހަލާކުވާވަރު ވިކަމަށް މީހުންގެ ކޮމެންޓުތަކުން އެނގުނެވެ.

މިއީ 2014 ގައި އިންޑިޔާގެ ޗެންނައިގައި ހިނގި ހާދިސާ އެކެވެ. މި ހާދިސާގައި 12 ބުރީގެ އިމާރާތެއް ކުއްލިއަކަށް ވެއްޓުނީ އެވެ. އަދި އިމާރާތުގެ އެންމެ އަޑީގައި ތާށިވީ މީހުންގެ ތެރޭގައި ވިކާސް ނަމަކަށް ކިޔާ ފިރިހެނަކު ހިމެނުނެވެ. އެ މީހާ ސަލާމަތް ކުރެވުނީ އިމާރާތެއް ވެއްޓުނުތާ 72 ގަޑިއިރު ފަހުންނެވެ. ތިން ދުވަސް ވަންދެން އެމީހާ އޮތީ ވެއްޓުނު އިމާރާތުގެ ދަށުގަ އެވެ.

ތިން ދުވަސްފަހުން އެމީހާ އެތަނުން ނެރުނީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ މީހަކަށް އޭނާ ފެނިގެންނެވެ. ވަރަށް ހާލުން އެމީހާ އެތަނުން ނެރުމާއެކު އޭނާ ފުރަތަމަ ވެސް ސުވާލުކުރީ އޭނާގެ ފައިވާން ކޮބައިތޯ އެވެ. މި ޚަބަރު ކިޔާފައި އެންމެންނަށް އެހާ މަޖާ ވެގެން އުޅެނީ އެހެންވެ އެވެ.

ވެއްޓުނު އުސް އިމާރާތުގެ ދަށުން ވިކާސް ދިރިހުއްޓާ ސަލާމަތްވުމަކީ ވެސް ހައިރާނެއް ފަދަ ކަމެކެވެ. ސަބަބަކީ ތިން ދުވަސް ވަންދެން އެފަދަ އިމާރާތެއްގެ ދަށުގައި ނުކައި ނުބޮއި އަދި ލިބިފައިވާ އަނިޔާތަކަށް ފަރުވާއެއް ނުލިބި އޮންނަން ޖެހުމުން އެމީހާއަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑެތި ގެއްލުންތައް ވާނެތީ އެވެ.

ފުރާނަ ސަލާމަތްވުމާއެކު ވިކާސް އެންމެ ފުރަތަމަ ވެސް ބޭނުންވީ އާއިލާގެ މީހުން ކޮބައިތޯ އޮޅުން ފިލުވާކަށް ނޫނެވެ. އޭނާ ކަންބޮޑުވީ ފައިވާންކިބަ ވީތަނެއް ނޭނގިގެނެވެ.

މިއީ މީގެ ހައެއްކަ އަހަރު ކުރިން ހިނގި ހާދިސާއެއް ނަމަވެސް ވިކާސް އާއި އޭނާގެ ފައިވާން ކިބައިގެ ވާހަކަ އަނެއްކާވެސް ސޯޝަލް މީޑިއާގައި މާ ހިނގާ ވާހަކައަކަށް ވަނީ ވެފަ އެވެ. ބައެއް މީހުން ބުނަނީ އެމީހުން ގެންގުޅޭ އެއްޗެއް ގެއްލިގެން ކަންބޮޑުވާނީ ހަމައެކަނި އަންހެނުން ނޫން ކަމަށާއި ފިރިހެނުން ވެސް ކަންބޮޑުވެދާނެ ކަމަށެވެ.

އެހެން މީހަކު ބުނީ އިންސާނުން އެމީހުން ގެންގުޅޭ އެއްޗެއް ގެއްލިއްޖެނަމަ އެ އެއްޗެއް ހޯދަން ކޮންމެ ގޮތަކަށް ވެސް މަސައްކަތް ކޮށްފާނެ ކަމަށެވެ.