ކޮވިޑް-19 ގެ ކޭސްތަކެއް ފެނިގެން އިތުރު ފަސް ރަަށަކަށް އަރާ ފޭބުން މަނާކޮށްފި އެވެ.
އެޗްޕީއޭގެ މޮނިޓަރިންއަށް މިއަދު ގެނެސްފައިވަނީ އދ. މަހިބަދޫ އާއި ވ. ތިނަދޫ އާއި ށ. ކަނޑިތީމާއި ހދ. ނޮޅިވަރަމް އަދި މ. ވޭވަށެވެ.
އެޗްޕީއޭއިން ބުނީ ޕޮޒިޓިވް ކޭސްތަކުގެ ޑައިރެކްޓް ކޮންޓެކްޓުން ދެނެގަނެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެ ރަށަށް އަރާ ފޭބުން މަނާ ކަމަށެވެ.
އިއްޔެވެސް ދެ ރަށެއް ބަންދު ކުރިއެވެ. އެއީ ށ. މިލަންދޫ އާއި މުންޑޫއެވެ. މިލަންދޫއިން ވަނީ ހަތަރު މީހަކު ޕޮޒިޓިވްވެފައެވެ. މި ހަފްތާގެ މެދުތެރެއިން ފެށިގެން މުންޑޫގައި ކޮވިޑް ކޭސްތައް ދަނީ ފެންނަމުންނެވެ. އިއްޔެ ނެގި ސާމްޕަލްތަކުންވެސް ބައެއް ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.
މި ވަގުތު 21 ރަށެއް އޮތީ ބަންދު ކޮށްފައެވެ.