އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވާ ގޮތުގައި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ކާބުލްއަށް އިތުރު ހަމަލާއެއް ދޭނެ ކަމަށް ކޮމާންޑަރުން ވަނީ އަންގާފަ އެވެ.
ބައިޑަން ވިދާޅުވީ އަފްޣާނަށްް ހަމަލާއެއް ދޭން ޖެހުނު ނަމަވެސް، އަމާޒުން ބޭރުން ތަނަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ނުވާނޭ ގޮތައް ހަމަލާތައް ރޭވުމަށް އަސްކަރިއްޔާއަށް އަންގާފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން އަފްޣާންގައި ސެކިޔުރިޓީ ބަލަހައްޓާ އެހެން ގައުމެއްގެ މީހަކަށް އަދި އާންމުންގެ ގެދޮރާ މުދަލަށް ވެސް ގެއްލުން ވެގެން ނުވާނެ އެވެ.
އަފްޣާންގައި ތިބި ބޭރު ގައުމުތަކުގެ އޮފިޝަލުންނަށާއި އެމްބަސީތަކަށް ވެސް ހަމަލާއާ ގުޅުން ހުރި މައުލޫމާތު ދިނުމަށް އެންގެވި ކަމަށް ބައިޑަން ވިދާޅުވި އެވެ.
ބައިޑަން ވިދާޅުވީ އައިއެސްއެސްއަށް ނިސްބަތްވާ ދެތިން މީހަކު މަރާލެވުމުން އަދި ނިމުނީ ނޫން ކަމަށާއި އެމެރިކާއާ ބައިވެރިންނަށް އޮތް ނުރައްކާ މުޅިން ފިލުވާލާނެ ކަމަށެވެ.