ފައިސަލް ނަސީމް

އޯޓިޒަމް ކުދިންނަށް ކިޔަވައިދިނުމާ ގުޅޭ އަތްމަތީ ފޮތެއް ނެރެފި

އޯޓިޒަމް ކުދިންނަށް ތައުލީމު އުނގަންނައިދިނުމާ ގުޅޭ ގޮތުން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނުން ތައްޔާރުކުރި ފޮތް "އޯޓިޒަމް ކުދިންނަށް އުނގަންނައި ދިނުން" ނެރެފި އެވެ.

އޯޓިޒަމް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މަލްޓިޕާޕަސް ހޯލުގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި އެ ފޮތް ނެރެދެއްވީ ނާއިބު ރައީސް ފައިސަލް ނަސީމް އެވެ.

މި ފޮތް ނެރުމުގެ ބޭނުމަކީ ބެލެނިވެރިންނާއި ކިޔަވައިދޭ ޓީޗަރުން އޯޓިސްޓިކް ކުދިންނަށް އުނގަންނައިދިނުމުގައި ބޭނުންކުރާނެ އުކުޅުތަކަށް މީހުން އަހުލުވެރިކުރުވުން ކަމަށް އޯޓިޒަމް އެސޯސިއޭޝަންގެ ބުނެ އެވެ.

އޯޓިޒަމް އެސޯސިއޭޝަނަށް ކިޔަވަންދާ ކުދިން ގެންގުޅުމުގައި އެއްކޮށްފައިވާ މައުލޫމާތުގެ އަލީގައި ތައްޔާރުކުރި ފޮތުގައި އޯޓިސްޓިކް ކުދިން ދެނެގަންނާނެ ގޮތާއި، އެކުދިންގެ ފަރުވާގައި ބޭނުންކުރެވިދާނެ ކަންކަމާއި، އެކުދިން މެނޭޖުކުރުމުގައި ބޭނުންކުރެވިދާނެ އުކުޅުތަކުގެ މައުލޫމާތު ހިމަނާފައިވެ އެވެ.

މިރަސްމިއްޔާތުގައި ނައިބް ރައީސް ވަނީ މި ސަރުކާރުން ތައުލީމީ ދާއިރާއަށް ދޭ އަހަންމިއްޔަތުގެ މައްޗަށް ވާހަކަދައްކަވާފަ އެވެ. އެގޮތުން އެއްވެސް ކުއްޖަކު ބާކީ ނުކޮށް ސްކޫލުގައި ހުރިހާ ކުދިންނަށްވެސް ކިޔެވޭނެ މަގުފަހިކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރެއްވި އެވެ.