އެޗްޑީސީ

މޯލްޑިވްސް ލިވިން އެކްސްޕޯ އަންނަ ނޮވެމްބަރުގައި ބާއްވަނީ

ގެދޮރުވެރި ކަމަށް ހާއްސަ، މޯލްޑިވްސް ލިވިން އެކްސްޕޯ އަންނަ ނޮވެމްބަރުގައި ބާއްވަން ނިންމައިފި އެވެ.

ލިވިން އެ އެކްސްޕޯ އިންތިޒާމް ކުރާ، ހައިރައިސް ޕްރައިވެޓް ލިމިޓެޑުން ވަނީ ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަނާއެކު އެކަމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފަ އެވެ.

މީ ހައިރައިސް އެ އެކްސްޕޯ ބާއްވާ ނުވަ ވަނަ އަހަރެވެ. މިފަހަރު އެކްސްޕޯ ބާއްވަން ނިންމާފައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގަައި ނޮވެމްބަރު 18 އިން 20 އަށެވެ.

ހައިރައިޒްއިން ބުނީ، މި އަހަރުގެ އެކްސްޕޯ ވާނީ ރިއަލް އެސްޓޭޓްގެ ދާއިރާއިން މި ސަރަހައްދުގައި ފާހަގަ ކޮށްލެވޭ ކުންފުނި ތަކާއި، އިމާރަތް ތަކާއި ދިރިއުޅުމަށް ބޭނުން ވާނެ ހިދުމަތްތަކާއި އެހެންނިހެން ތަކެތީގެ ވިޔަފާރިތައް އެއްތަނަކަށް ގެނެސް ފުރިހަމަ ކުރެވިފައިވާ އެކްސްޕޯއަކަށް ކަމަށެވެ.