ލައިފްސްޓައިލް

ކައިވެނި ކުރި ވަގުތު އަންހެންމީހާ ރުޅިގަދަވެ ހަމަލަދީފި

އިންޑިޔާގެ ކައިވެނީގެ ރަސްމިއްޔާތުތަކުގައި ވަރަށް މަޖާ ކަންތައްތައް އަބަދުވެސް ހިނގަ އެވެ. މިހާރު ވައިރަލް ވެގެން އުޅޭ ވީޑިއޯއެއްގައި ފެންނަނީ އިންޑިޔާގެ ރަށެއްގައި ކުރި ކައިވެންޏެއްގެ ރަސްމިއްޔާތުގެ މެދު ތެރޭން ކައިވެނިކުރި އަންހެންމީހާ ފިރިހެންމީހާގެ ގައިގައި ޖަހާ މަންޒަރެވެ.

އަންހެންމހާ ރުޅި އައީ ކައިވެނި ކުރިޔަށް ދިޔަ ވަގުތު ވެސް ފިރިހެންމީހާ ދުންފަތްގަނޑެއް ހަފަހަފާ ހުރީމަ އެވެ. އަންހެންމީހާ ރުޅިގަދަ ވެގެން ޖެހީ ހަމައެކަނި ކައިވެނިކުރާ ފިރިހެންމީހާގެ ގަޔަކު ނޫނެވެ. ކައިވެނި ކޮށްދޭ ޕަންޑިތު މީހާގެ ގައިގައި ވެސް އެމީހާ ޖެހި މަންޒަރު ވީޑިއޯ އިން ފެނެ އެވެ.

ޕަންޑިތު މީހާ އާއި ކައިވެނިކުރާ ފިރިހެންމީހާ އާ ދެމެދުގައި އިށީނދެ އިން އަންހެން މީހާ ރުޅިގަދަ ވެގެން ކޮންމެވެސް އެއްޗެތިތަކެއް ކިޔާ މަންޒަރު ފުރަތަމައިނުން މި ވިޑިއޯ ގައި ފެނެ އެވެ. އަދި ޕަންޑިތު މީހާ ދިން ޖަވާބުން އައި ރުޅިން އަންހެންމީހާ ފުރަތަމަ ޖަހަނީ އެ މީހާގެ ގައިގަ އެވެ.

އަންހެންމީހާ ރުޅިގަދަވާ މަންޒަރު

ދެން އޭނާ ފިރިހެންމީހާއާ ދިމާލަށް އެނބުރިފައި ދުންފަތްކާތީ އެމީހާއަށް ހަޅޭއްލަވަން ފަށައި އެމީހާގެ ގައިގައި ޖަހަނީ އެވެ. އަދި ދުންފަތްތައް އުކާލަން އަންހެންމީހާ ފިރިހެންމީހާއަށް އަމުރު ކުރެ އެވެ. އަދި ފިރިހެންމީހާ ވަގުތުން ދުންފަތްތައް އުކާލާތަން ވެސް ވީޑިއޯ ގައި ފެނެ އެވެ.