ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހއ. ދައްޕަރު ފިއްލަދޫ އިހްތިސޯސުން ވަކިކޮށްފި

ހއ. ފިއްލަދޫގެ އިދާރީ ދާއިރާގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ހއ. ދައްޕަރު، އެ އިދާރާގެ އިހުތިސޯސުން ވަކިކޮށްފި އެވެ. އެ ނިންމުން ނިންމަވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ ގަރާރެއް އާންމު ކުރައްވާފަ އެވެ.

އެ ގަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސޯސް ކަނޑައެޅުމުގެ ޒިންމާ އާއި މަސްއޫލިއްޔަތުގެ ދަށުން 2020 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަަނަ ދުވަހު އެކަށައެޅި ގަރާރަށް ބަދަލު ގެންނަން ޖެހިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑަައިގަންނަވާ ކަމަށެވެ.

އެހެން ކަމުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ފިއްލަދޫގެ އިދާރީ ދާއިރާގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ދައްޕަރު، އެ އިދާރާގެ އިހުތިސާސް އިން ވަކިކޮށްފައިވާ ކަމަށެވެ.

އެ އޮފީހުން ބުނީ ކައުންސިލަށް ކަނޑައަޅާފައިވާ އިހުތިސޯސްގެ ތެރޭގައި ރިސޯޓެއް ނުވަތަ އިންޑަސްޓްރިއަލް ރަށެއް ހިމެނޭނަމަ އެ ކައުންސިލެއްގެ އިހްތިސޯސުން އެ ރިސޯޓެއް ނުވަތަ އިންޑަސްޓްރިއަލް ރަށެއް ހިމެނޭ ބައި އުނިވެގެންދާނެ ކަމަށެވެ. އަދި ފަޅު ރަށުގެ ބައެއް ދެ ކައުންސިލުގެ އިހްތިސާސަށް ވަންނަނަމަ އެ ފަޅު ރަށެއްގެ އިހުތިސާސު އެ ދެ ކައުންސިލުގެ އިހުތިސާސުން ވަކިވެގެންދާނެ ކަމަށެވެ.