ދުނިޔެ

އެމެރިކާއިން އަފްޣާނަށް ދޫކޮށްލި ހަތިޔާރުތަކާމެދު ކަންބޮޑުވޭ: ރަޝިއާ

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބަމުން އަފްޣާން ސިފައިންނާ ހަވާލުކުރި ހަތިޔާރުތައް ތާލިބާނުން ވަނީ އަތުލައިގެންފަ އެވެ. ތާލިބާނުންގެ އަތުގައި ޚަބަރުތައް ބުނާ ގޮތުން ބްލެކްހޯކް މަރުކާގެ ދެތިން ހެލިކޮޕްޓަރާއި އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރާ ޒަމާނީ ހަތިޔާރުގެ އެތައް ވައްތަރުތަކެއް އެބަހުއްޓެވެ.

ރަޝިއާއިން ބުނާ ގޮތުން އަފްޣާން ސިފައިންނަށް ރަނގަޅަށް ސަމާލު ނުވެވިގެން އުޅެނިކޮށް ތާލިބާނުން ވަނީ އެމެރިކާއިން ދޫކޮށްލި ޒަމާނީ ހަތިޔާރުތަކެއް ރައްކާކޮށްފަ އެވެ. ރަޝިއާއިން ބުނީ ހަތިޔާރުތައް ހުރުމަކުން އެއްޗެއް ބުނަނީ ނޫން ކަމަށާއި ދާޚިލީ ހަނގުރާމައެއްގައި ހަތިޔާރުތައް ބޭނުންނުކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނީ ހަތިޔާރުތައް ރައްކާކޮށްފައި ބަހައްޓާނެ ކަމަށް އުންމީދުކުރާ ކަމަށާއި ދާޚިލީ ހަމަނުޖެހުމެއް އުފެދުނު ނަމަވެސް ހަތިޔާރަށް ވުރެ މަޝްވަރާކުރުން ގިނަކުރަން ގޮވާލާ ކަމަށެވެ.

ރަޝިއާއިން ބުނީ އަފްޣާންގެ އިގުތިސޯދު ކޮޅަށްޖެހުމުގައި ބައިވެރިވާނެ ކަމަށާއި ތާލިބާނުން ވެސް ދުނިޔެއާ ގުޅެން ޖެހޭ ކަމަށެވެ. އަފްޣާން ގަބީލާތަކުގެ މެދުގައި ހުރި ޚިޔާލު ތަފާތުވުންތައް ހައްލުކުރަން ތާލިބާނުންނަށް ރަޝިއާއިން އެހީތެރިވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އަފްޣާންގައި ޑްރަގެ ނެޓްވޯކްތައް ގިނަވެދާނެ ކަމަށް އޮތް ބިރު ކުޑަނޫން ކަމަށް ރަޝިއާއިން ބުނެ އެވެ. ޑްރަގް ވިޔަފާރިކުރާ ގުރޫޕްތަކުން ހަތިޔާރު ގެންގުޅުމަކީ ވެސް ހަމަލާ ބަދަލުކުރެވޭ ސަބަބަކަށް ވާނެ ކަމަށް ރަޝިއާ ދެކެ އެވެ.

ރަޝިއާއިން ބުނީ އަަފްޣާންގެ ފައިސާގެ އަގު ވެއްޓިދާނެ ކަށް އޮތް ބިރު ބޮޑު ކަމަށާއި ރަޝިއާއިން އެކަމާ ދެކޮޅަށް މަސައްކަތްކޮށްދޭނެ ކަމަށެވެ.

އަފްޣާންގެ ދިފާއީ ބާރުތަކަށް އެެމެރިކާއިން 2002-2017 ގައި 28 ބިލިއަން ޑޮލަރުގެ ހަތިޔާރު ހަވާލުކޮށްފައިވެ އެވެ. ޚަބަރުތައް ބުނާ ގޮތުން މިހުރިހާ ހަތިޔާރެއް ވެސް މިހާރު ހުރީ ތާލިބާނުންގެ އަގުތަ އެވެ. އަނެއްކޮޅުން އެމެރިކާ ސިފައިންނަށް ދޫކޮށްލަން ޖެހުނު މިލިޓަރީ ބަޔޮމެޓްރިކް ޑިވައިސްތަކުން މައުލޫމާތު ހޯދައި ވަކި ބަޔަކާ ދެކޮޅަށް ތާލިބާނުން ނުކުމެދާނެ ކަމަށް އޮތް ބިރުވެރިކަން ވަރަށް ބޮޑެވެ.