މޯލްޑިވްސް ނޭޝަނަލް ޕާޓީ

ޝީލާ އާއި މަނިކު އެމްއެންޕީއާ ގުޅިއްޖެ

ފިލްމީ ތަރި ޝީލާ ނަޖީބު އެމްއެމްޕީއާ ގުޅުން --
0%
0%
0%

މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ މުހައްމަދު މަނިކު އާއި އޭނާގެ އަންހެން ޝީލާ ނަޖީބު، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިއްޖެ އެވެ.

މަނިކު އާއި ޝީލާ، އެމްއެންޕީއާ ގުޅުނު ފޯމް ވަނީ އެ ޕާޓީގެ ފައުންޑާ މުހައްމަދު ނާޒިމްއާ ވަނީ ހަވާލު ކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ފަސް މެންބަރަކު އިސްވެ އުފައްދަން މަސައްކަތް ކުރަމުންދާ އެމްއެންޕީއަށް މެންބަރުން ހޯދުމަށް ވަރުގަދަ ކެންޕެއިނެއް ދަނީ ހިންގަމުންނެވެ. ކޮންމެ ދުވަހަކު ގިނަ ބަޔަކު އެޕާޓީއާ ގުޅެއެވެ.

އެމްއެންޕީގެ އެއް ފައުންޑާ ނާޒިމް އަވަސް އަށް މިއަދު ވިދާޅުވީ ޕާޓީ އުފެއްދުމުގެ ގޮތުން ސޮއި ހޯދަން ކުރިން މަސައްކަތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި އަމާޒަކީ އަހަރު ނިމުމުގެ ކުރީން 10،000 މެންބަރުން ހަމަކުރުން ކަމަށެވެ.

ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ބައެއް ބޭފުޅުންނާއި ތައުލީމީ އަދި ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުންވެސް ގެންދަވަނީ އެމްއެންޕީއާ ގުޅިވަޑައިގަންނަވަމުންނެވެ.

އެ ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރަމުން ގެންދަވާއިރު މެންބަރު ނާޒިމް އާއި މެންބަރު ރިޔާޒް އާއި މެންބަރު އުޝާމްގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އާއި ފ. ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އަކީވެސް އެ ޕާޓީގެ މެންބަރުންނެވެ. އެމްއެމްޕީން ބުނެފައިވަނީ އިތުރު ދެ މެންބަރަކުވެސް އެ ޕާޓީއާ އަދި ގުޅިވަޑައިގަންނަވާނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910