ލައިފްސްޓައިލް

ދަރިފުޅުގެ ވިޔާނުދާ އަމަލުން މައިންބަފައިންނަށް ހާޓް އެޓޭކް

އިންޑިއާގެ ގުޖްރާތުގެ އަހުމަދުއާބާދުގެ ޒުވާން އުމުރުފުރައިގެ އަންހެން ކުއްޖެއްގެ އަމަލުތައް ބެހެއްޓި ގޮތުން އޭނާގެ މައިންބަފައިންނަށް ހާޓް އެޓޭކް ޖެހިއްޖެ އެވެ.

މި ދެމަފިރިން އެމީހުންގެ ދަރިފުޅަށް މޮބައިލް ފޯނެއް ގަނެދިނީ އޮންލައިން ކްލާސްތަކަށް ކޮންމެހެން ވަންނަން ޖެހޭތީ އެވެ. ދަރިފުޅަށް ވަކި ކޮޓަރިއެއް ދީފައި ހުރިއިރު އެ ކޮޓަރި ތެރޭގައި ދަރިފުޅު ފޯނުން ކުރަނީ ކޮން ކަންތައްތަކެއް ކަމެއް މި ދެމަފިރިންނަކަށް އެއްގޮތަކަށް ވެސް ނޭނގެ އެވެ.

ދަރިފުޅު ކުރާ ކަންތައް ފަޅާއެރީ ސޯޝަލް މީޑިއާގައި އެ ކުއްޖާގެ ވިޔާނުދާ ފޮޓޯތަކެއް ދައުރުވާކަން އެމީހުންނަށް އެނގުނު ހިސާބުންނެވެ.

ޓައިމްސް އޮފް އިންޑިއާގައިވާ މި ހަބަރުގައި ބުނެފައިވާ ގޮތުގައި ކުއްޖާ އެކަނި މާއެކަނި ކޮޓަރި ތެރޭގައި ހުރެގެން ވިޔާނުދާ ފޮޓޯތައް ނަގައި އޮންލައިންގައި ޝެއާ ކުރަމުން ދިޔަ އެވެ. އަދި އޭނާގެ ދެބެންގެ ދެ ދަރި ކުދިންނަށް ވެސް އޭނާ ފޮލޯކޮށް، އެ ކުދިން ވެސް އަމިއްލައަށް ފޮޓޯ ނަގާފައިލާން އެ ކުއްޖާ ހިތްވަރު ދިނެވެ.

ކުއްޖާގެ މައިންބަފައިންނަށް އެކަން އެނގުނީ އެކުއްޖާގެ ދެބެންގެ ދެދަރި ކުދިން އެ ކުދިންގެ މައިންބަފައިން ކައިރީގައި މި ވާހަކަ ދައްކައި ކުއްޖާ ޝެއާކުރި ފޮޓޯތައް ދެއްކުމުންނެވެ.

މިކަމާ ހަދާނެ ގޮތް ހުސްވެގެން ކުއްޖާގެ މަންމަ އެކަމާ ގުޅޭ ހެލްޕްލައިނަށް ގުޅައި ކައުންސެލަރުންގެ އެހީތެރިކަން ހޯދި އެވެ. އަދި މި މައްސަލައިގައި ހާސްވެގެން އުޅެން ހަދައިގެން ދެމަފިރިންނަށް ވެސް ހާޓް އެޓޭކް ޖެހުނީ އެވެ.

ކުއްޖާއަށް ކައުންސެލިން ދިނުމުން އެއީ އޭނާއަށް ގޯސްކޮށް ކުރެވުނު ކަމެއް ކަމަށް ޚުދް އެ ކުއްޖާއަށް ވެސް ގަބޫލު ކުރެވުނެވެ. އަދި ފޮޓޯތައް ފޮހެލައި ސޯޝަލް މީޑިއާގައި އޭނާ އެ ފޮޓޯތައް ޝެއާކުރި އެކައުންޓްވެސް ފޮހެލި އެވެ. އަދި މިފަދަ ކަމެއް ދެން ދުވަހަކުވެސް ނުކުރާނެ ކަމަށާއި ފޯނު ބޭނުންކުރާނީ ހަމައެކަނި އޮންލައިން ކްލާސްތަކަށް ވަންނަން ކަމަށް ކުއްޖާ ވަނީ ވައުދުވެފަ އެވެ.

ކުއްޖާގެ މައިންބަފައިންނަށް ހާޓް އެޓޭކް ޖެހުނު ނަމަވެސް ފުރާނަ ސަލާމަތްވެފައިވެ އެވެ.