މިނިސްޓްރީ އޮފް ޓޫރިޒަމް

ޓޫރިޒަމުން 10 އިންޓާންޝިޕް ފުރުސަތު

Aug 31, 2021

އިނާޔަތް ނުލިބޭ ގޮތަށް ތަމްރީނުވެ މަސައްކަތު ތަޖުރިބާ ލިބޭ ގޮތަށް، ޓޫރިޒަމް މިނިސްޓްރީން 10 އިންޓާޝިޕް ފުރުސަތު ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ހަ މަސް ދުވަހަށް ތަމްރީން ވުމުގެ ފުރުސަތު ދޭ ގޮތަށް ނަގާ 10 އިންޓާން މަސައްކަތް ކުރަން ޖެހޭނީ ޓޫރިޒަމް މިނިސްޓްރީގައި ކަމަށެވެ. މި ކުދިން ނެގި ނަމަވެސް އިނާޔަތެއް ނުވަތަ އެލަވަންސެއް ނުދޭނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެކި ދާއިރާތަކުން ތަމްރީން ވުމުގެ ފުރުސަތު ދޭ ގޮތަށް ނަގާ އިންޓާޝިޕަށް ކުރިމަތީ ކުދިންނަކީ ދަށްވެގެން ގްރޭޑް 10 ނިންމާފައިވާ ކުއްޖަކަށްވާން ޖެހެ އެވެ. އަދި މިކަމަށް ކުރިމަތިލާ ކުދިންނަކީ ގިނަ ވަގުތު މަސައްކަތުގވައި އުޅެވޭނެ ކުދިން ކަމުގައިވެސް ވާން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

މިއީ ޓޫރިޒަމް މިނިސްޓްރީން އިންޓާންސް ނަގާ ދެވަނަ ފަހަރެވެ. މީގެ ކުރިންވެސް ވަނީ 10 ކުއްޖަކު ނަގައި ތަމްރީންތައް ފުރިހަމަ ކޮށްފަ އެވެ. މި ކުދިން ތަމްރީން ކުރަނީ ޓޫރިޒަމް މިނިސްޓްރީގެ އެކި ޑިޕާޓްމަންޓްތަކުގަ އެވެ. އަދި މި ކުދިން ތަމްރީން ކުރާއިރު ކޮންމެ ކުއްޖެއްގެ ކަންކަން ބަލަހައްޓަން މެންޓާއެއް ހުރެ އެވެ.

ޓޫރިޒަމް ދާއިރާގައި ގާތްގަނޑަކަށް 44،000 އެއްހާ މީހުން މަސައްކަތް ކުރެ އެވެ. ނަމަވެސް މީގެތޭގައި ދިވެހިގެ ނިސްބަތް މަދެވެ. މި ސަރުކާރުގެ އަމާޒަކީ ޓޫރިޒަމްގެ ވެރިންގެ ގޮތުގައި ދިވެހިން ގިނަ ކުރުމެވެ.