ބޭރު ކުޅިވަރު

ސުއަރޭޒްއަށް ކޮލިފައިންގައި ނުކުޅެވޭނެ

ލުއިސް ސުއަރޭޒް: އަނިޔާވީ ވިޔަރެއާލް އާއި ބައްދަލުކުރި މެޗުގައި
0%
0%
0%

ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކުގައި ކުޅެން ހަމަޖެހިފައިވާ ވޯލްޑްކަޕް ކޮލިފިކޭޝަން މެޗުތަކުގައި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރެޒްއަށް ނުކުޅެވޭނެ އެވެ.

ސުއަރޭޒްއަށް މި މެޗުތައް ގެއްލެނީ އޭނާގެ ފަޔަށް ލިބިފައިވާ އަނިޔާ އަކާއި ގުޅިގެންނެވެ. މިދިޔަ އާދީއްތަ ދުވަހު އެތުލެޓިކޯ މެޑްރިޑާއި ވިޔަރެއާލް ކުޅުނު މެޗުގައި ސުއަރޭޒްގެ ކަކުލަށް ވަނީ އަނިޔާވެފަ އެވެ. މެޗަށް ފަހު އެތުލެޓިކޯގެ މެޑިކަލް ޓީމުން ހެދި އެމްއާރުއައި ޓެސްޓު ތަކުން ދައްކާ ގޮތުގައި ސުއަރޭޒްގެ ވާއަތު ކަކުލަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. އެ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

ކަކުލަށް އަނިޔާވުމާއި އެކު ވޯލްޑްކަޕް ކޮލިފިކޭޝަން މެޗުތައް ކުޅެން ނުގޮސް ސުއަރޭޒް މަޑުކުރާނީ ސްޕެއިންގަ އެވެ. އެތުލެޓިކޯއިން ވަނީ ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތައް ކުޅުމަށް ސުއަރޭޒްއަށް ނުދެވޭނެ ކަމަށް އުރުގުއޭގެ ފުޓްބޯލް ފެޑެރޭޝަންއަށް އަންގާފަ އެވެ. އަދި އަނިޔާއިން ރަނގަޅުވެ ސެޕްޓެމްބަރު 12 ވަނަ ދުވަހު އެތުލެޓިކޯ އާއި އެސްޕާންޔޯލް ބައްދަލުކުރާ މެޗަށް ފިޓްވަން އޭނާ މަސައްކަތް ކުރާނެ އެވެ.

ވޯލްޑްކަޕް ކޮލިފިކޭޝަން މެޗުތައް ކުޅުމަށް އިންޓަނޭޝަނަލް ބްރޭކުގައި އުރުގުއޭގެ ޓީމު ދަތުރުކުރާނީ ޕެރޫ އަށެވެ. ކޮލިފިކޭޝަން މެޗު ތަކުގައި ސެޕްޓެމްބަރު މަހު އުރުގުއޭ ބައްދަލުކުރަން ޖެހޭނީ ޕެރޫ، ބޮލީވިއާ އަދި އެކުއާޑޯއާ އެވެ. އެގޮތުން ސެޕްޓެމްބަރު ތިނެއްގައި ޕެރޫ އާއި ބައްދަލުކުރުމަށްފަހު ސެޕްޓެމްބަރު ހަވަނަ ދުވަހު ދެވަނަ މެޗުގައި ބައްދަލުކުރާނީ ބޮލީވިއާ އެވެ. އޭގެ ފަހުން ސެޕްޓެމްބަރު 10 ވަނަ ދުވަހު އުރުގުއޭ ކުޅޭނީ އެކުއާޑޯ އާއި ދެކޮޅަށެވެ.

ސުއަރޭޒް ވަނީ އުރުގުއޭގެ ގައުމީ ޓީމަށް 123 މެޗު ކުޅެދީ 64 ގޯލު ކާމިޔާބު ކޮށްދީފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910