އިސްލާމިކް މިނިސްޓްރީ

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައިގެ މުއްދަތު އިިތުރުކޮށްފި

Sep 1, 2021

އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ އޮތް ކުންފުނިތަކަށް ދީފައިވާ ހުއްދައިގެ މުއްދަތު އިސްލާމިކް މިނިސްޓްރީން މިއަދު އިތުރުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ކުންފުނިތަކަކީ ރާއްޖޭގެ އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލުގެ ދަށުން ދެ އަހަރު ދުވަހުގެ މުއްދަތަކަށް ހުއްދަ ދީފައިވާ ކުންފުނިތެކެވެ.

ނަމަވެސް ކޮވިޑް-19 އިގެ ސަބަބުން 2020 އަދި 2021 ވަނަ އަހަރުގެ މިހާހިސާބަށް އެ ކުންފުނިތަކުން މީހުން އުމްރާއަށް ގެންދިއުމަށް އެކަށީގެންވާ ފުރުސަތު ލިބިފައި ނުވާ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން މިހާރު ދީފައިވާ ހުއްދައިގެ މުއްދަތު އެއް އަހަރު ދުވަހަށް އިތުރުކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަންނަ އަހަރު އުމްރާގެ އަޅުކަމަށް އެހެން ގައުމުތަކުގެ މީހުންނަށް ފުރުސަތު ދިނުމަށް ސައުދީ ސަރުކާރުން ވަނީ ނިންމާފަ އެވެ.

އުމްރާއަށް ދާއިރުގައި ކޮވިޑް ވެކްސިންގެ ވަކި ވައްތަރެއްގެ ވެކްސިންތަކެއް ފުރިހަމަ ކުރަން ޖެހޭ ކަމަށް އެ ގައުމުގެ ހައްޖާއި އުމްރާއާ ގުޅޭ އިދާރާއިން ވަނީ ބުނެފަ އެވެ.