ބޭރު ކުޅިވަރު

ސިޓީ ބަލިވެ، ރޮނާލްޑޯގެ ދެ ގޯލުން ރެއާލް ކުރީގައި

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މެންޗެސްޓާ ސިޓީ ބަލިވެ، ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ގޯލުން ރެއާލް މެޑްރިޑް ތާވަލުގެ ކުރީގައި ހަމަޖެހިލައިފި އެވެ.

ސިޓީ މޮޅުވީ އިޓަލީގެ ޔުވެންޓަސް އަތުން 1-0އިންނެވެ. ލަނޑު ޖެހީ މާރިއޯ މަންޒުކިޗެވެ. މި މޮޅާއެކު ސިޓީ އަށް ވަނީ ޓޭބަލުގެ ކުރި ގެއްލިފަ އެވެ. އެއްވަނާގައި އޮތީ 11 ޕޮއިންޓާއެކު ޔުވެންޓަސް އެވެ. ސިޓީ އަށް ދެ ވަނަ ލިބެނީ ނުވަ ޕޮއިންޓާއެކުގަ އެވެ. މިހެންވެ ސިޓީ އަށް ގްރޫޕުގެ ކުރި ލިބޭނީ އެންމެ ފަހުން މެޗުން ޔުވެންޓަސް ބަލިވެގެން އެކަންޏެވެ.

ރޭގެ މެޗާއެކު ޔުވެންޓަސްގެ ޕެޓްރިސް އެވްރާ ވަނީ ޗެމްޕިއަންސް ލީގުގައި 100 މެޗު ކުޅުމުގެ ފަހުރު ހޯދައިފަ އެވެ. އޭނާއަކީ ތިއޭރީ އޮންރީ އަށް ފަހު 100 މެޗު ހަމަކުރި ދެ ވަނަ ކުޅުންތެރިޔާ އެވެ.

ރޮނާލްޑޯ ދެ ގޯލު ޖެހުން:

ރޮނާލްޑޯގެ ދެ ގޯލުން ރެއާލް މެޑްރިޑް މޮޅުވީ ޝަކްޓާ ޑޮނެސްޓް އަތުން 4-3 އިންނެވެ. ރެއާލް އަށް މެޗުގައި ރޮނާލްޑޯގެ އިތުރުން ލަނޑު ޖަހައިދިނީ ލޫކާ މޮޑްރިޗާއި ޑެނިއަލް ކަވަހާލެވެ.

ޝަކްޓާ އަށް ލަނޑު ޖަހައިދިނީ އެލެކްސް ޓެއިޒެއިރާ އާއި ޑެންޓީނިއޯ އެވެ.

މި މޮޅާއެކު ރެއާލް ޓޭބަލިގެ ކުރީގައި ވަނީ 13 ޕޮއިންޓާއެކުގަ އެވެ. ދެ ވަނާގައިވަނީ ރޭ މަލްމޯ އަތުން 5-0އިން މޮޅުވި ޕީއެސްޖީ އެވެ. އެ ޓީމަށް ލިބިފައިވަނީ 10 ޕޮއިންޓެވެ.

ރެއާލް އާއި ޕީއެސްޖީ މި ގްރޫޕުން ދެ ވަނަ ބުރަށް ގޮސްފައިވާއިރު އަނެއް ދެ ޓީމު ވަނީ ކަޓާފަ އެވެ.

ރޭގެ މެޗުގައި ޕީއެސްޖީގެ ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް ވަނީ އޭނާގެ ކުރީގެ ޓީމު ކޮޅަށް ލަނޑެއް ޖަހައިފަ އެވެ. ޕީއެސްޖީން ދެ ލަނޑު ޖެހީ ދެ ލަނޑު ޖެހީ އެންހެލް ޑިމާރިއާ އާއި ލޫކަސް މައުރާ އާއި އެޑްރިއަން ރަބިއޮޓެވެ.