ބާސެލޯނާ

މި ސީޒަނުގައި ޔަމާލް ދެން ނުފެންނާނެ

ލަމީން ޔަމާލް
0%
0%
0%

ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްއަށް އަނިޔާވެގެން މި އަހަރުގެ ސީޒަންގެ ބާކީ ދުވަސްތަކުގައި އޭނާ ދެން ނުފެންނާނެކަން ޔަގީންވެއްޖެ އެވެ.

ވޭތުވެދިޔަ ދެ މަހުގެ ތެރޭގައި ޔަމާލްގެ ފިޓްނަސްއަށް އަސަރުކޮށްފައިވާއިރު، އެންމެ ފަހުން ކުޅުނު މެޗުގައި އޭނާގެ ލިގަމެންޓަށް އަނިޔާވެފައިވެ އެވެ.

އުމުރުން 17 އަހަރުގެ ޔަމާލްގެ ކުޑަހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން މިސީޒަނުގައިވެސް އޭނާއަށް ބައެއް މެޗުތައް ގެއްލިފައިވެ އެވެ.

ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔަމާލް އެންމެ އަވަހަށްވެސް ކުޅުމަށް އެނބުރި އަންނަން ތިން ހަތަރު ހަފްތާ ނަގާނެ އެވެ.

މި ދަނޑިވަޅުގައި ޔަމާލް ނެތި ކުޅެން ޖެހުމުން ބާސެލޯނާއަށް ވަރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވެ އެވެ. މިއަދާ ހަމައަށް ޔަމާލް ވަނީ ޓީމަށް 21 މެޗު ކުޅެދީ، އަމިއްލަ ނަމުގައި ހަ ގޯލް ޖަހައި، އަދި 12 ގޯލް ޖެހުމަށް އެހީވެ ދީފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910