ރެއާލް މެޑްރިޑް

ރެއާލް މެޑްރިޑުން އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބުކޮށްފި

0%
0%
0%

ދުނިޔޭގެ އެންމެ ކާމިޔާބު ފުޓްބޯޅަ ކްލަބް ރެއާލް މެޑްރިޑުން، އައު ފޯމެޓްގެ ދަށުން އެންމެ ފުރަތަމަ ބޭއްވުނު ފީފާ އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބުކޮށްފި އެވެ.

މި ކާމިޔާބީ ހޯދީ މެކްސިކޯގެ ޕަޗޫކާއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުން 3-0 އިން މޮޅުވެގެންނެވެ.

ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ރެއާލް މެޑްރިޑްގެ ފަރާތުން ފުރަތަމަ ލަނޑު ޖެހީ އަލަށް ޓީމާ ގުޅުނު ފްރާންސްގެ ސުޕަ ސްޓާ ކީލިއަން އެމްބާޕޭ އެވެ.

ދެވަނަ ހާފުގައި ރޮޑްރީގޯ އިތުރު ލަނޑެއް ޖެހުމާއެކު ޓީމުގެ ލީޑު ފުޅާވި އެވެ. މެޗުގެ ފަހު ކުއާޓަރުގައި ވިނީޝިއުސް ޖޫނިއާ ޕެނަލްޓީއަކުން ޖެހި ލަނޑާއެކު މެޗު ނިމުނީ 3-0 އިންނެވެ.

މިއީ ފީފާއިން ކުރިން ބާއްވަމުން އައި ކްލަބް ވޯލްޑް ކަޕްގެ ބަދަލުގައި ތައާރަފް ކުރި އާ މުބާރާތެކެވެ. މި ބަދަލު ގެނައީ 2025 ވަނަ އަހަރު 32 ޓީމުގެ ބައިވެރިވުމާއެކު އައު ފޯމެޓެއްގައި ކްލަބް ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވާތީ އެވެ.

އިންޓަކޮންޓިނެންޓަލް ކަޕަކީ ކޮންމެ އަހަރަކު ބޭއްވޭ މުބާރާތެއްގެ ގޮތުގައި ކަނޑަައަޅާފައިވާއިރު، މީގައި ފަސް ބައްރުގެ ޗެމްޕިއަން ޓީމުތައް ވާދަކުރާނެ އެވެ. މި ފޯމެޓްގެ ދަށުން އެންމެ ފުރަތަމަ ޗެމްޕިއަންކަން ހޯދުމުގެ ޝަރަފު ރެއާލް މެޑްރިޑަށް ލިބިގެން ދިޔައީ އެވެ.

ފީފާ ބެސްޓް އެވޯޑްސްގައި އަހަރުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ވިނީޝިއުސް ޖޫނިއާ މި މެޗުގައި ވެސް ފާހަގަކޮށްލެވޭ ރަނގަޅު ކުޅުމެއް ދެއްކި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910