ބޭރު ކުޅިވަރު

ނޭމާ އަށް ހަމަލާދިނުމުން އިސްކޯ ދެ މެޗަށް ސަސްޕެންކޮށްފި

ރެއާލް މެޑްރިޑް އަތުން ބާސެލޯނާ 4-0އިން މޮޅުވި އެލްކްލެސިކޯ މެޗުގައި ބާސެލޯނާގެ ނޭމާގެ ގައިގައި ޖަހާފައިވާނީ ރެއާލްގެ އިސްކޯ ދެ މެޗަށް ސަސްޕެންކޮށްފި އެވެ.

ސްޕޭނުގެ ފުޓްބޯޅް ފެޑަރޭޝަނުން އިސްކޯ އަށް އަދަބުމިދިނީ ރެފްރީގެ ރިޕޯޓްގައި ނޭމާ އަށް އިސްކޯ ހަމަލާދީން ކަމަށް ލިޔެފައިވާތީއާ ވެސް އެކުގަ އެވެ.

މި ސަސްޕެންޝަނުގެ ސަބަބުން ލީގުގައި އެއިބާ އާއި އަމިއްލަ ދަނޑުގައި ގެޓަފޭއާ ދެކޮޅަށް އިސްކޯ އަށް ނުކުޅެވޭނެ އެވެ.

ރެއާލް – ބާސެލޯނާ މެޗުގެ ފަހު ހާފުގައި ކުޅެން ނުކުމެ ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އިސްކޯ އަށް ރަތްކާޑު ދައްކައި ފޮނުވާލީ މެޗު ނިމެން 12 މިނިޓަށްވެފައިވަނިކޮށެވެ.

އެ މެޗަށް ފަހު ރެއާލް ވަނީ އެއްވަނާގައިވާ ބާސެލޯނާ އަށްވުރެ ހަ ޕޮއިންޓް ފަހަތަށް ވެއްޓި ޓޭބަލުގެ ތިން ވަނަ މަގާމުގަ އެވެ.