ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

އޮފިސަރެއް ޕޮޒިޓިވްވެ ޖަލު ކުއްލި ހާލަތަށް

މާފުށީ ޖަލުގެ އޮފިސަރެއް ކޮވިޑް-19 އަށް ޕޮޒިޓިވް އެ ޖަލު ކުއްލި ހާލަތަށް ގެނެސްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިރޭ ބުނީ މާފުށީ ޖަލުގެ އޮފިސަރެއްގެ ފަރާތުން ކޯވިޑް-19 ގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރުމުން މިއަދު ވަނީ ޕޮޒިޓިވްވެފައެވެ. އެހެން ކަމުން ޖަލުގެ ސަލާމަތާއި ރައްކަލަށްޓަކައި މިރޭ 12 ން ފެށިގެން މާފުށީ ޖަލު ކުއްލި ހާލަތައް ގެނެސްފައިވާ ކަމަށެވެ. އަދި ވަގުތީ ގޮތުން ގައިދީންގެ ހުރިހާ މޫވްމަންޓްތައް މެދުކަނޑާލާފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ދަނީ ގޯސްވަމުންނެވެ. މި ފަހުން ކޮންމެ ރެއަކުވެސް ނަންބަރު ހުންނަނީ 100 އިން މަތީގައެވެ. މިދިޔަ ހަތަރު ދުވަހު އެ ނަންބަރު ހުރީ 150 އިން މަތީގައެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއް ކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 68 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވް މީހުންގެ ތެރެއިން 89 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުން 16 މީހަކު ޕޮޒިޓިވްވެފައި ވެއެެވެ. ޓެސްޓްކޮށްފައިވަނީ 6،418 ސާމްޕަލް އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،895 މީހުންނެވެ. މިހާތަނަށް 79،340 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 24 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އަދާ ހަމައަށް 226 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފަ އެވެ.