ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ޖަލުގައި ތިބި ހައިރިސްކު މީހުން ގޭ ބަންދަށް ބަދަލު ކުރަނީ

ގައިދީންތަކެއް މަަސައްކަތުގައި: ހައިރިސްކު ގައިދީން ގޭ ބަންދަށް ބަދަލު ކުރަން ވަނީ ނިންމާފައި -- އަވަސް ފޮޓޯ
0%
0%
0%

ޖަލުތަކުގައި ތިބި ހައިރިސްކު މީހުން ގޭ ބަންދަށް ބަދަލު ކުރަން ނިންމާފައިވާ ކަަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ކަރެކްޝަންގެ ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ޖަލުތަކުގައި ތިބި ހައި ރިސްކު މީހުން ގޭ ބަންދަށް ބަދަލު ކުރަން ނިންމީ ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ ރައްކާތެރިކަމަށްޓަކައި ކަމަށެވެ. ޖަލުތަކުންވެސް ކޮވިޑް ކޭސްތައް ފެނި ބައެއް ގައިދީންނާއި ކަރެކްޝަންގެ އޮފިސަރުންވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އަވަސްއާ ވާހަކަދައްކަމުން ކަރެކްޝަންގެ މީޑިއާ އޮފިސަރު ވިދާޅުވީ މާލެ ޖަލާއި މާފުށީ ޖަލު އަދި ހިންމަފުށީ އައްސޭރި ޖަލުގައި ތިބި ގައިދީންގެ ތެރެއިން ހައި ރިސްކު މީހުން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށެވެ. ގޭ ބަންދަށް ބަދަލު ކުރާނީ އާއިލާތަކުން ބޭނުންވެއްޖެ ހިނދެއްގައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު ކޮވިޑްގެ ހާލަތު އެންމެ ގޯސް ރަށްތަކުގެ ތެރޭގައި މާފުށި ހިމެނެއެވެ. އެ ރަށަށް އަރާ ފޭބުން މަނާކޮށްފައިވާއިރު މިހާތަނަށް 200 ވުރެ ގިނަ މީހުންނަށް އެ ރަށުން ބަލި ޖެހިފައިވެއެވެ.

ކަރެކްޝަނުން ބުނީ އައްސޭރި ޖަލާއި މާފުށީ ޖަލުންވެސް ގައިދީން ޕޮޒިޓިވްފަައިވާ ކަމަށެވެ. އަދި ބައެއް އޮފިސަރުންވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345