ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ދެ ޖަލުން ނެގި 72 ސާމްޕަލް ނެގެޓިވް

އައްސޭރި ޖަލާއި މާލެ ޖަލުން ރެންޑަމްކޮށް ނެގި ހުރިހާ ސާމްޕަލްތައް ނެގެޓިވްވެއްޖެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުންނާއި ޖަލުތަކަށް މި ވައިރަހުގެ އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމައްޓަކައި، އައްސޭރި ޖަލުންނާއި މާލެ ޖަލުން ހޮނިހިރު ދުވަހު ވަނީ ރެންޑަމްކޮށް ސާމްޕަލްތަކެއް ނަގާފައެވެ.

އެގޮތުން އައްސޭރި ޖަލުން 25 ގަދީންނާއި އޮފިސަރުން އަދި މުވައްޒަފުންގެ ތެރެއިން 12 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. މާލެ ޖަލުގެ ގައިދީންނާއި ބަންދުމީހުންގެ ތެރެއިން 15 މީހެއްގެ ސާމްޕަލް އަދި އޮފިސަރުންގެ ތެރެއިން 20 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ.

މި ދެ ޖަލުން ޖުމްލަ 72 ސާމްޕަލް ނަގާފައިވާއިރު އެ ހުރިހާ ސާމްޕަލްތައް ނެގެޓިވް ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.