އެސްޓީއޯ

އެސްޓީއޯއަށް ބިލިއަން ރުފިޔާގެ ޓްރޭޑް ފެސިލިޓީއެއް

އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަނުން އެސްޓީއޯއަށް ބިލިއަން ރުފިޔާގެ ޓްރޭޑް ފެސިލިޓީއެއް ދޭން ނިންމައިފި އެވެ.

އެ ކޯޕަރޭޝަނުގެ ފަރާތުން އެސްޓީއޯއަށް ދޭން ނިންމި ޓްރޭޑް ފެސިލިޓީގެ އަގަކީ 1.1 ބިލިއަން ރުފިޔާ އެވެ.

މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު މުހައްމަދު އެވެ. އަދި ފައިނޭންސް ކޯޕަރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ހާނީ ސަލެމް ސޮންބޮލް އެވެ.

އެސްޓީއޯ އިން ބުނީ އިސްލާމިކް ފައިނޭންސިން މި ޓްރޭޑް ފެސިލިޓީ އެ ކުންފުނިން ބޭނުން ކުރާނީ ތެލާއި ކާޑުގެ ބާވަތްތައް ގަތުމަށެވެ.

އެސްޓީއޯއަށް ދޫކުރި ފެސިލިޓީއާ ގުޅިގެން އައިޓީއެފްސީން ބުނެފައި ވަނީ މި ފައިސާއަކީ ކޮވިޑާ ގުޅިގެން ހީނަރުވެފައިވާ ރާއްޖޭގެ އިގުތިސޯދު ދިރުވަން ކުރާ މަސައްކަތަށް މުހިންމު ފެސިލިޓީއެއް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ފައިސާ ދޭން އެއްބަސްވި ކޯޕަރޭޝަނަކީ އައިއެސްޑީބީގެ ޓްރޭޑް ފައިނޭންސިން ގޮތްޕެވެ.