އެޗްޑީސީ

ފޭސް-2 ގެ ބަސް ސްޓޮޕްތައް ނިމެނީ

Sep 3, 2021

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުން އަންނަ ބަސް ސްޓޮޕްތައް ނިމޭން ކައިރިވެފައިވާ ކަމަށް އެޗްޑީސީ އިން ބުނެފި އެވެ.

އެޗްޑީސީ އިން ބުނެފައި ވަނީ ދެވަނަ ފިޔަވަހީގައި ބަހުގެ ހިދުމަތް ފެށުމަށް ހަދަމުން އަންނަ ބަސް ސްޓޮޕްތަކުގެ 92 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

ބަސް ސްޓޮޕްތަކުގެ އޮނިގަނޑުގެ މަސައްކަތް މިހާރު މިނިފައިވާއިރު މިހާރު ކުރަމުންދަނީ ކަރަންޓު ގުޅުމާ ފިނިޝިން މަސައްކަތްތައް ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ. މިމަހުގެ މެދުތެރޭގައި ބަސް ސްޓޮޕްތަކުގެ މަސައްކަތް އެއްކޮށް ނިންމައިލެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެޗްޑީސީ އިން ކުރިން ބުނެފައި ވަނީ ދެވަނަ ދިޔަވަހީގެ ބަސް ދަތުރުތައް ވެސް ކުރާނީ މިހާރު ހުޅުމާލެއަށް ކުރާ ދަތުރުތަކާ ގުޅިގުވައިގެން ކަމަށެވެ.

ހުޅުމާލެ ދެވަނަ ދިޔަވަހީގެ ބޮޑު ބައި މިހާރު ވަނީ ހުޅުވައިލާފަ އެވެ. ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތަކަށް މިހާރު ބައެއް މީހުން އަންނަނީ ދިރިއުޅުން ބަދަލުކުރަމުންނެވެ. އަސާސީ ހިދުމަތްތައް ފެށުމަށް އެޗްޑީސީ އިން މަސައްކަތް ކުރަމުން އަންނައިރު މިހާރު އެ ހިދުމަތްތައް ހޯދަން ދާން ޖެހެނީ އެއްވަނަ ފުޔަވައްސަށެވެ.