ވިލާ ގޭސް

ވިލާ ގޭހުން ހިޔާގެ މެއިންޓެނެންސް ފީ ލިބޭ ލަކީ ޑްރޯއެއް

Sep 3, 2021

ވިލާ ގޭހަށް އޯޑަރުކޮށްގެން ހިޔާ ފްލެޓްގެ ހަ މަސްދުވަހުގެ މެއިންޓެނެންސް ފީ ލިބޭ ލަކީ ޑްރޯއެއް ފަށައިފި އެވެ.

ވިލާ ހަކަތައިން މިއަދު ބުނީ ވިލާ ގޭސް ހިޔާރުކޮށްގެން ހިޔާގެ މެއިންޓްނެންސް ފީ ކަމަށްވާ 6000 ރުފިޔާ ހޯދުމަށް ލަކީ ޑްރޯއެއް ފަށައިފައިވާ ކަމަށެވެ.

ވިލާ ގޭހުން މިއަދު ހަވީރު ވަނީ މި ލަކީ ޑްރޯއާ ގުޅިގެން ރޯޑްޝޯއެއް ވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ-ޔޫނިއަން އާއި ގުޅިގެން ފަށައިފަ އެވެ.

މި ލަކީ ޑްރޯގެ ދަށުން ކޮންމެ ހަ މަހަކުން ހަ މަސްދުވަހުގެ މެއިންޓެންސް ފީ މި ލަކީ ޑްރޯގެ ދަށުން ލިބޭނެ އެވެ. ލަކީ ޑްރޯގައި ބައިވެރިވާ މީހުންގެ ތެރެއިން ކޮންމެ ހަ މަހަކުން ހޮވާނީ ޓަވަރަކުން މީހެކެވެ. އަދި ކޮންމެ ރީފިލް އަކަށް 200ރ ލިބޭނެ އެވެ.

އެ ކުންފުނިން ބުނީ މި ލަކީ ޑްރޯގައި ބައިވެރިވެގެން ގޭސް ފުޅިވެސް ހިލޭ ލިބޭނެ ކަމަށެވެ.

މި ލަކީ ޑްރޯގައި ބައިވެރިވެވޭނީ މަދުވެގެން ހަ މަސްދުވަސް ވަންދެން ގޭސް އޯޑަރުކުރަމުން އަންނަ މީހުންނަށެވެ.

ލަކީ ޑްރޯގެ މައުލޫމާތު ހިއްސާކުރުމަށް މިއަދުން ފެށެގެން މިމަހުގެ 10 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރޯޑް ޝޯ ކުރިއަށް ދާނެ އެވެ. މި ރޯޑް ޝޯ ކުރޮިއަށް ދާނީ ހަވީރު 4:00 އިން 6:00 އަށެވެ.